ads
އަމީތާބު ބައްޗަން--
އަމީތާބަށް ކޮވިޑް-19 ޖެހިގެން ހޮސްޕިޓަލުގައި ފަރުވާދެނީ
ބޮލީވުޑުގެ ލެޖެންޑް އަމީތާބު ބައްޗަން ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.

އެކަން ކަށަވަރުކޮށްދީ އަމީތާބު ކުރި ޓްވީޓުގައި ބުނީ މީހާރު އޭނާ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައިވާ ކަމަށެވެ. އިންޑިއާގެ ނޫސްތަކުގައި ރިޕޯޓްކުރާ ގޮތުން، އޭނާއަށް ފަރުވާދެނީ މުމްބާއީގެ ނަނަވާތީ ހޮސްޕިޓަލުގަ އެވެ.

އަދި މިހާރު އިންތިޒާމުކުރެވެމުންދަނީ އާއިލާގެ އިތުރު މީހުންގެ ނަތީޖާ ލިބޭނެ އިރަކަށް ކަމަށް އަމީތާބު ބުނެ އެވެ. 

އަމީތާބު ވަނީ މިދިޔަ ދިހަ ދުވަހުގެ ތެރޭގައި އޭނާއާ ގާތްކޮށް އުޅުނު އެންމެން ވެސް ބައްޔަށް ޓެސްޓްކުރުމަށް އެދިފަ އެވެ. 

އުމުރުން 77 އަހަރުގެ އަމީތާބަށް ކޮވިޑް ޖެހިގެން ފަރުވާދެމުން އަންނައިރު މިއަހަރުގެ ތެރޭގައި ވަނީ އޭނާ ވަރަށް ބޮޑަށް ބަލިވެ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ވެސް ފަރުވާދީފަ އެވެ. އެކަމަކު އޭރު ފަރުވާ ދިނީ ކޮން ބައްޔަކަށް ކަން ހާމައެއް ނުކުރެ އެވެ. 

މީގެ 50 އަހަރުކުރިން ފިލްމީ ދާއިރާއާ ގުޅުން އަމީތާބު އޭނާގެ ބްލޮގްގައި ލިޔެފައިވާ ގޮތުން، ފިލްމީ ދާއިރާއިން ރިޓަޔާވުމަށް އޭނާ ދަނީ ވިސްނަމުންނެވެ. 

ހަތްދިހައިގެ އަހަރުތަކުގައި ވިދާލި އަމީތާބަކީ މިއަދު ވެސް ގިނަ ބައެއްގެ މަގްބޫލުކަން ހޯދަމުން އަންނަ ތަރިއެކެވެ. އޭނާ އެންމެ ފަހުން ފެނިގެންދިޔައީ ކޮމެޑީ ޑްރާމާ، ގުލާބޯ ސިތާބޯ އިން އަޔޫޝްމަން ކުރާނާ އާއެކު އެވެ. އޭނާގެ ކުރިއަށް އޮތް ފިލްމަކީ "ބްރަހްމަސްތުރާ" އެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް