ads
އަމީތާބާއި އޭނާގެ ފިރިހެން ދަރިފުޅު--
އަބީޝޭކް ވެސް ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ
އެކްޓަރު އަބީޝޭކް ބައްޗަން ވެސް ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.

އަބީޝޭކް ކޮވިޑް-19 އަށް ޕޮޒިޓިވްވިކަން އަންގާފައި މިވަނީ އޭނާގެ ބައްޕަ، އަމީތާބު ބައްޗަށް ވެސް އެބައްޔަށް ޕޮޒިޓިވްވެފައިވާ ކަމަށް މިރޭގެ ވަގުތެއްގައި އިއުލާންކޮށްފައިވަނިކޮށެވެ. 

ބަލީގެ އަލާމާތްތައް ވެސް ހުރުމުން ބައްޕައެކޭ އެއްގޮތަށް އަބީޝޭކް ވެސް ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައިވާ ކަމަށް އޭނާ ވަނީ ބުނެފަ އެވެ.

އުމުރުން 44 އަހަރުގެ އަބީޝޭކް ބުނީ އާއިލާގެ އިތުރު މީހުން ވެސް ބައްޔަށް ޓެސްޓްކުރަމުން އަންނަ ކަމަށާއި އަދި ގޭގައި މަސައްކަތް ކުރާ މީހުން ވެސް ޓެސްޓްކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. 

އިންޑިއާގެ ނޫސްތަކުގައި ރިޕޯޓްކުރާ ގޮތުން، އަމީތާބާއި އޭނާގެ ފިރިހެން ދަރިފުޅަށް ފަރުވާދެނީ މުމްބާއީގެ ނަނަވާތީ ހޮސްޕިޓަލުގަ އެވެ.

އުމުރުން 77 އަހަރުގެ އަމީތާބަށް ކޮވިޑް ޖެހިގެން ފަރުވާދެމުން އަންނައިރު މިއަހަރުގެ ތެރޭގައި ވަނީ އޭނާ ވަރަށް ބޮޑަށް ބަލިވެ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ވެސް ފަރުވާދީފަ އެވެ. އެކަމަކު އޭރު ފަރުވާ ދިނީ ކޮން ބައްޔަކަށް ކަން ހާމައެއް ނުކުރެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް