އިންޑިއާގެ މަޝްހޫރު ކޮމީޑިއަން ކަޕިލް ޝަރްމާއަށް ދަރިއަކު ލިބިއްޖެއެވެ.

Advertisement
އިންޑިއާގެ މަޝްހޫރު ކޮމީޑިއަން ކަޕިލް ޝަރްމާއަށް ދަރިއަކު ލިބިއްޖެއެވެ.
ޓުވިޓާ މެދުވަރިކޮށް ކަޕިލް އަށް ދަރިއަކު ލިބުނުކަން ރޭ ދަންވަރު އަންގާފައިވާއިރު އޭނާއަށް ލިބިފައިވަނީ އަންހެން ކުއްޖެއް ކަމަށް އޭނާ ވަނީ ބުނެފައެވެ. މިއީ ކަޕިލްގެ ފުރަތަމަ ދަރިފުޅުވެސް މެއެވެ.
ގިނަ ބަޔަކު ކަޕިލް އަށް މަރުހަބާ ކިޔަމުން އަންނައިރު ގިނަ ބަޔަކު މިހާރު ތިބީ ކަޕިލްގެ ދަރިފުޅުގެ ފޮޓޯއެއް ހިއްސާކުރާނެ އިރެއްގެ އިންތިޒާރުގައެވެ.
ކަޕިލް އާއި އޭނާގެ އަންހެނުން ގިންނީ ޗަޓްރަތާ ކައިވެނި ކޮށްފައިވަނީ މިދިޔަ އަހަރުގެ ޑީސެމްބަރު މަހު 12 ގައި ޖަލަންދަރުގައެވެ.
"ކޮމެޑީ ކިންގް" ގެ ނަމުން މަޝްހޫރު ކަޕިލްއަކީ އިންޑިއާގެ އެންމެ މަޝްހޫރު އެއް ކޮމޭޑިއަން އެވެ. ކަޕިލް ވަނީ ތަފާތު ނަން ނަމުގައި ކޮމެޑީ ޝޯތައް ކުރިއަށް ގެންގޮސްފައެވެ.