ads
މާވަށަށް އުދަ އަރާފައިވާ މަންޒަރު
އުދައަރާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ވައިޓް އެލާޓް ނެރެފި
ރާއްޖޭގެ ބައެއް ރަށްތަކަށް އުދައަރާނެ ކަމަށް ލަފާކޮށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން މުޅި ރާއްޖެއަށް ވައިޓް އެލާޓް ނެރެފި އެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އިން ވައިޓް އެލާޓް ނެރެފައި ވަނީ މިއަދު 15:30 އިން ފެށިގެން 19:30 ގެ ނިޔަލަށް ހއ. އަތޮޅާއި އައްޑޫ ސިޓީ އަށެވެ. 

މިދިޔަ ހަފުތާއިން ފެށިގެން ރާއްޖޭގެ އެކި ހިސާބުތަކަށް އުދަ އަރާއި، އެކި ވަރުގެ ގެއްލުންތައް އާންމުންގެ މުދަލަށް ވެސް ލިބިފައިވެ އެވެ. 

މެޓު އޮފީހުން ބުނީ އުތުރާއި މެދުރާއްޖެތެރޭގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހޭނެކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި ދެކުނުގެ އަތޮޅުތަކަށް އިރު ދެކުނާއި ދެކުނުން އަދި އެހެންހިސާބުތަކަށް ދެކުނާއި ހުޅަނގުދެކުނުން، ގަޑިއަކު 05 މޭލާއި 13 މޭލާ ދެމެދުގެ ބާރު މިނުގައި ވައިޖެހޭނެ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު ގާތްގަޑަކަށް 35 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށް ވެސް މެޓުން ބުނެ އެވެ. 

ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވާނެ ކަމަށް ލަފާކޮށް މެޓުން ބުނީ ރާޅުގެ އުސްމިން 3-6 ފޫޓުގައި ހުންނާނެ ކަމަށެވެ. 

ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް ރާޅު އެރުމުގެ ފުރުސަތު ބޮޑުވާތީ އެކަމަށް ސަމާލުވުމަށް ވެސް މެޓުން އެދިފައިވެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް