ads
އެންއައިސީގެ ތިން މެމްބަރުން އިސްތިއުފާދީފި
ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުގެ މެންބަރުކަމުގެ މަގާމުން ތިން މެމްބަރަކު އިސްތިއުފާ ދެއްވައިިފި އެވެ.

އެންއައިސީގެ މެމްބަރުކަމުން ވަކިކުރުމަށް ރައީސުލްޖުމްހޫރިއްޔާއަށް ލަފާ ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުވައްސަސާތަކާއި ބެހޭ ކޮމެޓީން ނިންމި ހަތަރު މެމްބަރުންގެ ތެރެއިން މިއަދު އިސްތިއުފާ ދެއްވީ ތިން މެމްބަރެކެވެ. 

އެގޮތުން މިއަދު އިސްތިއުފާ ދެއްވީ ކޮމިޝަނުގެ ނައިބް ރައީސް ހައްސާން ހަމީދާއި މެމްބަރު އަހުމަދު އަމީންގެ އިތުރުން ހަދީޖާ އަބްދުﷲ އެވެ.

އެންއައިސީއަށް މެމްބަރުން އައްޔަން ކުރުމުގެ ބާރު ރައީސްއަށް އޮންނައިރު މިއަދު ރައީސް އޮފީހުން ކުރި އިއުލާނެއްގައި ވަނީ އެ ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފަ އެވެ. 

އެންއައިސީއަކީ ގާނޫނު ތަންފީޒުކުރާ އިދާރާތަކާއި އެ އިދާރާތަކުގެ މުވައްޒަފުން ކުރާ ގާނޫނާއި ގަވާއިދާ ހިލާފު އަމަލުތައް ބަލައި ތަހުގީގުކުރުމަށް އުފެއްދި ތަނެއް ނަމަވެސް އެތަނުގެ މަސްއޫލިއްޔަތު އަދާނުކުރާ ކަމަށް މިނިވަން މުވައްސަސާތަކާއި ބެހޭ ކޮމެޓީން ބުނެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް