ads
ޒަކަރިއްޔާ ހުސައިން---
ސީއެސްސީގެ މެމްބަރު ޒަކަރިއްޔާ ހުސައިން އިސްތިއުފާ ދެއްވައިފި
ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ މެމްބަރު ޒަކަރިއްޔާ ހުސައިން އިސްތިއުފާ ދެއްވައިފި އެވެ.

ޒަކަރިއްޔާ ސީއެސްސީގެ މެމްބަރު ކަމުގެ މަގާމުން އިސްތިއުފާ ދެއްވާފައިވާއިރު މިއަދު ހެނދުނު ވަނީ އެކޮމިޝަންގެ ރައީސް ޑރ. އަލީ ޝަމީމްވެސް އިސްއިތުފާ ދެއްވާފައެވެ. 

ސީއެސްސީގެ ރައީސް އާއި މެމްބަރަކު މަގާމުން އިސްތިއުފާ ދެއްވާފައިމިވަނީ އެފަރާތްތަކުގެ އިތުބާރުނެތްކަމަށް ވޯޓު ނެގުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ނިންމާފައިވަނިކޮށެވެ. 

މިނިވަން މުއައްސަސާތަކުގެ ކޮމެޓީީން ވަކިކުރުމަށް ނިންމާފައިވާ ހަތަރު ފަރާތަކީ ސިވިލް ސާވިސް ކޮމިޝަނުގެ ރައީސް ޑރ. އަލީ ޝަމީމާއި، ކޮމިޝަންގެ ނައިބު ރައީސް ޝަހީދު މުހައްމަދުގެ އިތުރުން މެންބަރު އިބްރާހިމް ޝަހީގު އަދި ޒަކަރިއްޔާ ހުސައިނެވެ 

ސީއެސްސީގެ މައްސަލަ ބޮޑުވެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ގިނަ މިނިސްޓަރުންތަކެއް ވެސް ވަނީ ހާޒިރުވެ ސީއެސްސީގެ ގިނަ މައްސަލަތަކެއް މީގެ ކުރިން ފާހަގަކޮށްފައެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް