ads
ފޮޓޯ: ސޯޝަލް މީޑިޔާ--
ބޯއީފްރެންޑްގެ ކިބައިން މި ކަންތައް ފެނޭތަ؟ ޑޭޓިން ކޯޗަކު ބުނީ އެހާ ސީރިއަސް ނުވާނެ ކަމަށް!
ފިރިހެން ކުދިންގެ އަންހެން ރައްޓެހިން އާދަޔާ ހިލާފަށް ގިނައިން ތިބޭ ކަމަށްވާނަމަ ލޯބިވެރިއެއްގެ ގޮތުގައި ގެންގުޅޭ އަންހެން ކުއްޖާ އާ ސީރިއެސް ނުވާނެ ކަމަށް އިނގިރޭސިވިލާތުގެ ވެރިރަށް ލަންޑަނުގައި ދިރިއުޅޭ ޑޭޓިން ކޯޗެއްކަމަށްވާ އަނާ ބުނެފި އެވެ.
Advertisement

އަނާއަކީ އަންހެން ކުދިން ބާރުވެރިކޮށް އެންމެ ފުރިހަމަ ފިރިހެން ބައިވެރިއެއް ހޯދައިދިނުމުގައި އެހީތެރިވެދޭ ޓީޗަރެކެވެ. މި މައްސައްކަތް ކުރުމަށް އަނާ ވަނީ ސްކޫލް އޮފް އެފްލުއެންސްގެ ނަމުގައި ސްކޫލެއްވެސް ހުޅުވާފަ އެވެ. 

ޑޭޓިންގް ކޯޗް އަނާ ބުނީ ތިމާ ރައްޓެހިވެގެން އުޅޭ ފިރިހެން ބައިވެރިޔާގެ އަންހެން ރައްޓެހިން މާގިނައިން ތިބޭ ނަމަ އޭނާ ތިމާ ދެކެ އެހާ ލޯބި ނުވާ ކަމަށެވެ. އަދި އެ ފިރިހެން ކުއްޖާ ތިމާއާ މެދު ޝައުގުވެރިކަން ގެއްލިފައިވާ ކަމުގެ ހެކިތައް އަނާ ވަނީ ކިޔާ ދީފަ އެވެ.

މި ވާހަކަތަކަށް ދިއުމުގެ ކުރިން އަނާ ބުނެފައި ވަނީ ފިރިހެން ކުދިންނަކީ އަބަދުވެސް މިނިވަން ކަމާ އެކު އުޅެން ލޯބި ކުރާ ބަޔަކަށް ވާއިރު، އޭނާގެ މިނިވަން ކަމަށް މާ ބޮޑަށް ބާރު ފޯރުވައި، ހިފަހައްޓައިގެން ގެންގުޅޭ ނަމަ އެމީހުން ވަރަށް އަވަހަށް ފޫހިވާނެ އެވެ. އަދި މިފަދައިން އަމަލު ނުކުރުމަށް އެދި އަނާ ބުނެފައި ވަނީ އެމީހުންނަށް ކަންކަން މަނާކޮށް ހިފެހެއްޓުމުގެ ބަދަލުގައި ނުސީދާ ގޮތަކަށް ތިބާ ހިތްހަމަ ނުޖެހޭ ކަން ފާޅު ކުރުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ބުނެފައިވެ އެވެ. އޭރުން ރަނގަޅު މީހެއް ނަމަ ވިސްނޭނެކަން އަނާ ފާހަގަކުރިއެވެ.

އަންހެން ރައްޓިހެން ގިނަ ވުމަކީ ފިރިހެން ކުއްޖާ ރައްޓިހިވެގެން އުޅޭ އަންހެން ކުއްޖާއާ މެދު އޭނާ ދެކޭ ނަޒަރު ބަދަލުކޮށްލާ ކަމެއްކަމުން ތިރީގައި މިވަނީ މިފަދަ ހާލަތެއްގައި ފިރިހެން ކުއްޖާގެ ކިބައިން ފެންނާނެ ބައެއް ސިފަތަކެވެ. މިސިފަތައް ފެނިއްޖެ ނަމަ ފިރިހެން ކުއްޖާ ސީރިޔަސް ނުވާނެ ކަން ޔަގީން ކުރުމަށް އަނާ ވަނީ ހުރިހާ އަންހެން ކުދިންނަށް ނަސޭހަތްތެރިވެފަ އެވެ.

1. އާންމުކޮށް ރާވާފައިވާ ކަންކަން ފަސްކުރުން ނުވަތަ ކެންސަލް ކޮށްލުން

ރައްޓެހިވެގެން އުޅޭ ފިރިހެން ކުއްޖާއަކީ ދެމީހުންގެ ދެމުދުގައި ރާވާފައިވާ ރޭވުންތައް އާއްމުގޮތެއްގައި ފަސްކުރާ މީހެއް ނަމަ ނުވަތަ ކެންސަލް ކުރާ މީހެއް ނަމަ އެ ދެމެދުގައިވާ ގުޅުން އިސާހިތަކު ހީނަރުވެގެން ދާނެ ކަމަށް އަނާ ބުނެއެވެ. އަދި މިއީ އަންހެން ކުއްޖާ ދެކެ ފިރިހެން ކުއްޖާ ފޫހިވާން ފަށާ ހިސާބު ކަމަށްވެސް އާނާ ބުނެއެވެ.

2. އަބަދު އޮޅުލުން ނުވަތަ ތަޅާފޮޅުން

ރައްޓިހިވެގެން އުޅޭ ދެ ބައިވެރިންގެ މެދުގައި މައްސަލަތައް އާދަޔާ ހިލާފަށް ގިނަވެ، މައްސަލަތައް ހައްލު ނުކުރެވި ދިގުލާގެން ދިއުމަކީ ފިރިހެން ކުއްޖާ އެހެން ކުއްޖެއް ދެކެ މާ ލޯބިވާކަމުގެ ހެއްކެއް ކަމަށް އަނާ ބުނެއެވެ. އަދި އެ ދެމެދުގައި ސުލްހަ ނުވެވި ހަމަނުޖެހުންތައް ގިނަވުމަކީ އެ ގުޅުން މާގިނަ ދުވަހަށް ދެމި ނޯންނާނެ ކަމެއްގެ ގޮތުގައި އަނާ ސިފަ ކުރެ އެވެ.

3. އެހެން އަންހެން ކުދިންނާއި ވާހަކަ ދެއްކުން

މިއީ މައްސަލަތައް ފެންމަތިވާ ހިސާބު ކަމަށް އަނާ ބުނެއެވެ. އަދި އަނާ ބުނީ އޭނާ ގަބޫލު ކުރާ ގޮތުގައި ރައްޓިހިވެގެން އުޅޭ ފިރިހެން ކުއްޖާ އެހެން އަންހެން ކުދިންނާއި މާ ގިނައިން ވާހަކަ ދެއްކުމަކީ ތިމާ ދެކެ ލޯބިވާލެއް ކުޑަކަން ރަމްޒުކޮށްދޭ އަލިގަދަ ހެއްކެއް ކަމަށެވެ. 

4. ބައިވެރިޔާ އާއި ވާހަކަނުދައްކާ ގިނަ ވަގުތު ހޭދަކުރުން

ބައިވެރިޔާ އާއި ވާހަކަ ނުދައްކާ ގިނަ ވަގުތު ހޭދަކުރުމަކީ އެއްވެސް ހާލެއްގައި ގަބޫލު ކުރެވޭ ކަމެއް ކަމަށް އަނާ ނުދެކެއެވެ. އަނާ ބުނީ މިއީ އަންހެން ކުއްޖާ މަތިން އޭނާ ފޫހިވުމުން އާންމުކޮށް ކުރާ ކަމެއް ކަމަށެވެ. އަދި ކަމެއް ސިއްރުކުރާ ނަމަވެސް މިފަދައިން އަމަލުތައް ހުންނާނެ ކަމަށް އޭނާ ސިފކޮށްފައިވެއެވެ. އަނާ އިތުރަށް ބުނެފައި ވަނީ ބިޒީއޭ ކިޔާ އަބަދު ކޮންމެސް އުޒުރެއް ދެއްކުމަކީ ލޯބި ނުވާ ކަން ދައްކުވާދޭ ކަމެއް ކަމަށެވެ.

މި ސިފަތައް މައިގަނޑު ގޮތެއްގައި ފެންނަ ނަމަ އެއީ ފިރިހެން ކުއްޖާ އަންހެން ކުއްޖާ ދެކެ ލޯބި ނުވާ ކަމެއް ކަމަށާއި ހާއްސަކޮށް އަންހެން ރަހްމަތްތެރިން ގިނަ ވެއްޖެނަމަ އެއީ ނުރައްކަލެއް ކަމަށް އަނާ ވަނީ ބުނެފައެވެ.

އަންހެން ކުއްޖެއް ނަމަ ކަންކަމާއި ޝަކުވާ ކޮށް، ރޮއި ހެދުމުގެ ގޮތެއްވެސް ހުންނާނެއެވެ. ނަމަވެސް، ތިބާގެ ލޯބިވެރިޔާގެ ހާލަތާއި މެދު ވިސްނައި ކަން ކުރަން ޖެހޭ ގޮތް ފުރަތަމަ ދަނެގަންނާށެވެ. އޭރުން "ބޯއިފްރެންޑު އިގްނޯ" ކުރާތީ ނުވަތަ ލޯބި ނުވާތީ އުޅޭކަށް ނުޖެހޭނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް