ads
ސީއެސްސީގެ މެމްބަރު ކަމަށް ކުރިމަތި ލުމުގެ ފުރުސަތު ހުޅުވާލައިފި
ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ މެމްބަރު ކަމަށް ކުރިމަތި ލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ސީއެސްސީގެ މެމްބަރު ކަމަށް ކުރިމަތި ލުމުގެ ފުރުސަތު ހުޅުވާލައިފައިވަނީ އެ ކޮމިޝަންގެ ތިން މެމްބަރަކު މަގާމުން އިސްތިއުފާ ދެއްވާ އަދި އެއް މެމްބަރަކު މަގާމުން ވަކި ކުރުމާއި ގުޅިގެންނެވެ. 

ސީއެސްސީއަށް ހަތަރު މެމްބަރުން އައްޔަނު ކުރުމަށް ކުރިމަތި ލުމަށް 21 ޖުލައި ގެ ނިޔަލަށް ފުރުސަތު ހުޅުވާލައިފައިވާކަމަށް މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ވިދާޅުވެފައެވެ. 

ސީއެސްސީގެ ތިން މެމްބަރުން މަގާމުން އިސްތިއުފާ ދެއްވާފައިވަނީ އިއްޔެ އެ މެމްބަރުން މަގާމުން ވަކިކުރުމަށް މަޖިލީހުގައި ވޯޓު ނަގަން ހަމަޖެހިފައިވަނިކޮށެވެ. އެގޮތުން އިސްތިއުފާ ދީފައިވަނީ އެކޮމިޝަންގެ ރައީސް ޑރ. އަލީ ޝަމީމް، ކޮމިޝަންގެ ނައިބު ރައީސް ޝަހީދު މުހައްމަދު އަދި ކޮމިޝަން މެމްބަރު ޒަކަރިއްޔާ ހުސައިނެވެ. 

މީގެ އިތުރުން އެ ކޮމިޝަންގެ މެމްބަރު ކަމުން ވަކިކޮށްފައިވަނީ ކޮމިޝަންގެ މެންބަރު އިބްރާހިމް ޝަހީގެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް