ads
ރޭކާ--
ރޭކާ ކޮވިޑަށް ޓެސްޓް ކުރަން ދެކޮޅު ހަދާ، ގެއަށް އޮފިޝަލުން ވަނަ ނުދިން!
ބޮލީވުޑުގެ މަޝްހޫރު ތަރި، ރޭކާގެ މުވައްޒަފަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާތީ ރޭކާގެ ކޮވިޑް ޓެސްޓް ހެދުމަށް މަސައްކަތް ކުރި ނަމަވެސް އެކަން ކުރުމަށް އޭނާ ދެކޮޅު ހަދައިފި އެވެ.

މުމްބާއީގެ ބޭންޑްރާގައި ހުންނަ ރޭކާ، ދިރިއުޅޭ ގެ ބަންދުކޮށްފައިވާއިރު އޭނާގެ މެނޭޖަރު، ފަރްޒާނާއާ ހަވާލާދީ އިންޑިއާގެ ނޫސްތަކުން ބުނާ ގޮތުގައި އެގޭގައި މަސައްކަތް ކުރާ ތިން މީހެއްގެ އިތުރުން ގޭގެ ގާޑު ވެސް ކޮވިޑްއަށް ޓެސްޓްކުރަން ޖެހެ އެވެ. 

އެކަން ކުރުމަށް އޮފިޝަލުން އެގެއަށް ދިއުމުން ދޮރު ނުހުޅުވާ، މެނޭޖަރު އެތެރޭގައި ހުރެގެން ވާހަކަ ދައްކަމުން ވަނީ ނަމްބަރެއް ދިނުމަށް ފަހު، އެ ނަމްބަރަށް ގުޅައިގެން ވާހަކަ ދެއްކުމަށް އެދިފަ އެވެ. އެހެންވެ، ސާމްޕަލް ނުނަގާ އޮފިޝަލުން ޖެހުނީ އަނބުރާ ދާށެވެ. 

އޭގެ އިތުރުން ފަހުން އޮފިޝަލުން އެ ނަމްބަރަށް ގުޅުމުން އޭނާގެ މެނޭޖަރު ވަނީ ރޭކާ ފިޓު ކަމަށައި އޭނާގެ ހާލު ވެސް ރަނގަޅު ކަމަށް ބުނެފަ އެވެ. އަދި ޕޮޒިޓިވްވި މީހާ އާއި ރޭކާ ކޮންޓެކްޓް ނުވާ ކަމަށް ވެސް ވަނީ ބުނެފަ އެވެ.

އޮފިޝަލުން އިތުރަށް ބުނީ، ރޭކާ އެމީހުންނާއި ވެސް ބައްދަލުކޮށްފައި ނުވާ ކަމަށާއި އެގޮތުން ބަލިން ރައްކާތެރިވުމަށް ފިޔަވަޅު އެޅުން މުހިއްމު ކަމަށެވެ. އެކަމަކު ބައްޔަށް ޓެސްޓް ކުރުން މުހިއްމުކަން ފާހަގަކުރި އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް