ads
close
ރައްޔިތުންގެ ސީދާ ބާރުވެރިކަމަށް
ދައުލަތުގެ އޮނިގަނޑު ފުރޮޅާލުން
edheyraajje.mv #beynenmabeynun #edheyraajje
ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު--
މައްސަލައަކީ ސަރުކާރުން ނެތް ކޯލިޝަނެއް ދައްކަން އުޅޭތީ: ޖާބިރު
މިހާރު ދިމާވެފައިވާ ހުރިހާ ވެސް މައްސަލައަކީ ސަރުކާރު ހިންގުމުގައި ކޮލިޝަނެއް އޮތް ކަމަށް ހަދައި އެކަން ދައްކަން ސަރުކާރުން މަސައްކަތް ކުރުން ކަމަށް ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެ އެވެ.
Advertisement

ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު، މަގާމުގެ މަސްއޫލިއްޔަތު ފުރިހަމައަށް އަދާނުކުރާ ކަމަށް ބުނެ، މަގާމުން އިސްތިއުފާ ދިނުމަށް ވެސް ބައެއް މެމްބަރުން މަޖިލީހުގައި ގޮވާލައްވާފައިވާތީ އެކަމާއި ގުޅިގެން ސީއެންއެމްގެ އިތުރުކާފު ޕްރޮގްރާމުގައި ރޭ ވާހަކަ ދައްކަމުން، ޖާބިރު ވިދާޅުވީ، ކޯލިޝަން ހިފަހައްޓަން ޖެހޭ ކަމަށް ފެނުމަކީ ގޯހެއް ކަމަށާއި އެގޮތުން ހަގީގަތުގައި މިހާރު ކޯލިޝަނެއް ނުވެސް ނެތް ކަމަށެވެ. 

"ނެތް ކޯލިޝަނެއް އޮތް ކަމަށް ހަދައިގެން އެމީހުން މިތާނުގައި ބައިބަހާލައިގެން މިލްކިއްޔާތެއްގެ ގޮތުގައި ހަދައިގެން އުޅޭ މައްސަލަ މައްސަލައަކީ،"

އޭގެ އިތުރުން، ޖާބިރު ވިދާޅުވީ، ސަރުކާރު ހިނގައި ނުގަނެގެން އުޅޭ މައިގަނޑު މަގްސަދަކީ ވެސް ކޯލިޝަން ކަމަށެވެ. އެގޮތުން ގާތް ރަހުމަތްތެރިން އުފެދުން ކަމުގައި ވިޔަސް މަސައްކަތް އެކުގައި ކުރަންވާނީ ކަމަށް ގާބިލު މީހުން ލައިގެން ކަމަށް ވެސް ޖާބިރު ވިދާޅުވި އެވެ. 

ޖާބިރު އިތުރަށް ވިދާޅުވީ، ރާއްޖޭގެ ފިޝަރީޒް މިނިސްޓަރަކީ އެކަމަށް ގާބުލު ފަރާތަކަށް ވާންޖެހޭ ކަމަށާއި އަދި ވިޔަފާރި ވެސް ރަނގަޅަށް ދަންނަ ފަރާތަކަށް ވާން ޖެހޭ ކަމަށެވެ. 

ކޯލިޝަނެއް އުފައްދައިގެން އައި މި ވެރިކަމުގައި މިނިސްޓަރުންގެ މަގާމުތަކުގައި ތިއްބެވީ އެކި ސިޔާސީ ޕާޓީތަކަށް ނިސްބަތްވާ ފަރާތްތަކެވެ. މީގެ ކުރިން ވެސް މި ކޯލިޝަނުގައި މައްސަލަތައް ޖެހިގެން އުޅޭކަމުގެ އަޑުތައް އަރާފައިވީނަމަވެސް ކޯލިޝަން ރޫޅާނުލާނޭ ކަމަށް ކޯލިޝަނުގައި ހިމެނޭ ސިޔާސީ ލީޑަރުން ވަނީ ވިދާޅުވެފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް