ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް އައިސްފައިވާ ހީނަރުކަމުން އަރާގަނެ އިގްތިސޯދު ރަނގަޅު ކުރުމަށްޓަކައި ކުރެވިދާނެ ކަންކަމާއި ގުޅޭ ގޮތުން ސީއެންއެމްގެ އިތުރުކާފު ޕްރޮގްރާމްގައި ރޭ ވާހަކަ ދައްކަވަމުން ޖާބިރު ވިދާޅުވީ އެންމެ ފުރަތަމަ ރާއްޖޭގައި މަސްވެރިކަން ކުރެވިގެން ދިޔައީ ވަރަށް ފުޅާ ދާއިރާއެއްގައި ކަމަށެވެ. އެހެން ނަމަވެސް ޔޫރަޕިއަން ޔޫނިއަންގެ ގައުމުތަކުން ވަކި އުސޫލުތަކެއް ހިފެހެއްޓުމާއި އެކު މަސްވެރިކަމުގެ މަސައްކަތް ހަނިވެގެން ދިޔަކަމަށް ޖާބިރު ވިދާޅުވި އެވެ.
ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދުގެ މަގާމުގެ މަސްއޫލިއްޔަތު އަދާ ނުކުރާ ކަމަށް ބުނެ މަޖްލީހުގައި ޒަހާގެ އިތުބާރު ނެތް ކަމުގެ ވޯޓު ނަގަން އުޅެފައި އެކަން އޮއްބާލެވިގެން ދިޔައީ ކީއްވެތޯ ސުވާލު ކުުމުން ޖާބިރު ވިދާޅުވީ ފުރަތަމައިނުންވެސް މިނިސްޓްރީގެ މަސައްކަތާ މެދު އެއްވެސް ވަރަކަށް އޭނާ ހިތްހަމަޖެހިވަޑައިގެން ނުގަންނަވާ ކަމަށެވެ.
ޖާބިރު އިތުރަށް ވިދާޅުވީ ރައްޔިތުން ބަނޑުފުރާ މުއްތި ނުވެގެން ނިކުތުމުގެ ކުރިން ސަރުކާރުން ވަގުތުން އަޅަން ޖެހޭ ފިޔަވަޅުތަކުގެ ތެރޭގައި މަސްވެރިކަމުގެ ސިނާޔަތުގައި ދާ އެޅުން ހުއްދަ ކުރަން ޖެހޭނެ ކަމަށެވެ.
މަސްވެރިން ވަރަށް ގިނަ ކަންކަން ބޭނުންވާއިރު ފިޝަރީޒް މިނިސްޓްރީން އެކަންކަން މަސްވެރިންނަށް ނުކޮށްދޭ ކަމަށް ބުނެ ޖާބިރު ވަނީ މިނިސްޓަރު ޒަހާއަށް ވަރަށް ބޮޑަށް ފާޑ ވިދާޅުވެފައެވެ.