ads
ފޮޓޯ: އެމްޓީސީސީ
މަރަދޫ ބްރޭކްވޯޓަރު މަޝްރޫއުގެ 92 އިންސައްތަ ނިމިއްޖެ: އެމްޓީސީސީ
ސ. މަރަދޫ ބަނދަރުގެ ބްރޭކްވޯޓާ ހެދުމުގެ މަޝްރޫއުގެ 92 އިންސައްތަ ނިމިފައިވާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އިން ބުނެފި އެވެ.

މި މަޝްރޫގެ ތެރެއިން ބަނދަރުގެ ބްރޭކްވޯޓާ ހެދުމުގެ މަސައްކަތުގެ 65 އިންސައްތަ މަސައްކަތް ނިންމާ ބަނދަރު ސަރަހައްދުގައި 1975 ސްކުއޭ މީޓަރުގެ ޕޭވްމަންޓް ގާއިމު ކުރުމުގެ މަސައްކަތްވެސް ނިމިފައިވާކަމަށް އެމްޓީސީސީން މައުލޫމާތު ދީފައިވެ އެވެ. 

މީގެ އިތުރުން އެއްގަމު ތޮށިން ބޭރު ތޮއްޓަށް އަރާ ފާލަމުގެ ސްލެބް އެޅުމުގެ ތައްޔާރީ މަސައްކަތްތައް ފަށާފައިވާކަމަށާއި، މި މަަޝްރުއުގެ ދަށުން 18،873 ކިއުބިކް މީޓަރުގެ ބަނދަރު ފުންކުރުމާއި 419 މީތަރުގެ ކީ ވޯލް ލުމާއި، 340 މީޓަރު ސަރަހައްދެއްގައި ބްރޭކްވޯޓާ ހެދުމުގެ މަސައްކަތް ކުރެވޭނެ ކަމަށްވެސް އެމްޓިސީސީން މައުލޫމާތު ދީފައިވެއެވެ. 

އެމްޓީސީސީން އިތުރަށް ބުނެފައިވަނީ މި މަޝްރޫއަކީ ހައުސިން އެންޑް ޕްލޭނިން މިނިސްޓްރީގެ ފަރާތުން އެ ކުންފުންޏަށް ހަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫއެއްކަމަށާއި، މި މަޝްރޫއަށް 25.5 މިލިއަން ރުފިޔާ ހަރަދުވާނެކަމަށެވެ. މި މަސައްކަތް އެމްޓީސީސީން ފަށާފައިވަނީ 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތުން ވަނަ ދުވަހު އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް