ads
ކްރިސްޓް ޗާޗު މައްސަލައިގައި ހުކުމްކުރުން އަންނަ މަހުގެ 24 ގައި
ނިއުޒިލޭންޑުގެ ދެ މިސްކިތަކަށް މިދިޔަ އަހަރު ހަމަލާދިން މީހާގެ މައްޗަށް އަންނަ މަހުގެ 24 ވަނަ ދުވަހު، ހުކުމް ކުރަން ނިންމައިފި އެވެ.
Advertisement

ނިއުޒީލެންޑްގެ ކްރިސްޓް ޗާޗް މިސްކިތަށް ދިން ބަޑީގެ ހަމަލާ ދިން ފަރާތް ކޯޓަށް އަމިއްލައަށް ޖަވާބުދާރީވާން ބޭނުން ވާކަން ވަނީ ހާމަކޮށްފަ އެވެ. މިއާއެކު ނަސްލީ ތަފާތުކުރުން ޕޮރޮމޯޓްކުރުމަށް ދެވޭ ފުރުސަތެއްކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ. 

އޮސްޓްރޭލިޔާއަށް ނިސްބަތްވާ، ބެރެން ޓެރެންޓް ކްރިސްޓް ޗާޗު މިސްކިތަށް ވަދެ އެދުވަހު ވަނީ ހުކުރު ނަމާދަށް ތިބި 51 މީހަކު މަރާލާފަ އެވެ. އަދި އެހެން މިސްކިތަކަށް ވަދެ ވެސް ބަޑީގެ ހަމަލާދީފައިވާއިރު އޭނާ ވަނީ ފޭސްބުކް މެދުވެރިކޮށް އެ ލާއިންސާނީ އަމަލު ލައިވްކޮށްފަ އެވެ. 

އެ ޓެރަރިޒަމްގެ އަމަލު ހިންގި މީހާގެ މައްޗަށް މި އަހަރު ކުރީކޮޅު ވަނީ ގަސްދުގައި 51 މީހުން މެރުމާއި އަދި ގަސްދުގައި 40 މީހުން މަރާލަން އުޅުމުގެެ ދަޢުވާގެ އިތުރުން ޓެރަރިޒްމްގެ ދައާވާ ސާބިތުވެފަ އެވެ. ޓެރެންޓް މައްޗަށް އޮގްސްޓް 24 ދުވަހު ކޯޓުން ހުކުމް އިއްވާއިރު ހޯމަ ދުވަހު އޭނާގެ ވަކީލު ވަނީ ހުކުމް އިއްވާ ދުވަހު ޓެރެންޓް ކޯޓަށް ޖަވާބުދާރީވާނީ އަމިއްލައަށްކަމަށް ބުނެފަ އެވެ.

މި ނިންމުމުގެ ސަބަބުން ގިނަ ބައެއް ދަނީ އެކަމާ ނުރުހުން ފާޅު ކުރަމުންނެވެ. އެގޮތުން އެއްބަޔަކު ދެކެނީ މިއީ ނަސްލީ ތަފާތު ކުރުން އިސްތިހާރު ކުރަން ލިބިގެންދާނެ ފުރުސަތެއް ކަމަށެވެ. އޭގެ އިތުރުން ނިއުޒިލެންޑް މުސްލިމް އެސޯސިއޭޝަންގެ ރައީސް ވެސް ވަނީ މިއީ އެންމެ ރަނގަޅުގޮތް ނޫންކަމަށް ފާހަގަކޮށްފަ އެެވެ.

އެކަމަކީ އެ ހަމަލާގެ ސަބަބުން ގެއްލުން ލިބިގެން ދިޔަ އާއިލާތަކަށް ލިބިގެންދާނެ އިތުރު ހިތާމައަކާއި ތަކުލީފަކަށްވުން ވެސް އެކަށީގެންވާ ކަމެއް ކަމަށް ރައީސް ވަނީ ފާހަގަކޮށްފަ އެވެ. އެއް ބަޔަކު ދެކޭ ގޮތުގައި ޓެރެންޓްގެ އެގޮތަށް ކަންކުރަން ނިންމީ މީހުންގެ ސަމާލުކަން ހޯދަމަށެވެ. އަދި އެ ޓެރަރިޒަމް އަމަލު ހިންގީ ވެސް މީހުންގެ ސަމާލުކަން ހޯދަންކަމަށް ގިނަ ބަޔަކު ދެކެ އެވެ.  

ނިއުޒިލެންޑްގެ ގާނޫނުގައި މިފަދަ އަމަލު ހިންގާ މީހުން މަރަން ހުކުމް ނުކުރިޔަސް ޕޭރޯލް ނުލިބޭ ގޮތަށް މަދުވެގެން 17 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރެވޭނެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް