ads
މައުމޫން ހަމީދު -- ފޮޓޯ: ވީނިއުސް
މަޖިލީހުން އަވަސްއަރުވާލުމަކީ ޝަރުއީ ނިޒާމުގެ މިނިވަންކަމަށް އެޅޭ ހުރަހެއް
ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް އިއްވާފައިވާ ހުކުމް ބާތިލުް ކުރުން ފަދަ މައްސަލަތަކުގައި ރައްޔިތުންގެ މަޖިލީހުން އަވަސް އަރުވާލައިގެން ކަންކަން ނިންމުމަކީ ޝަރުއީ ނިޒާމުގެ މިނިވަންކަމަށް އޭގެ ސަބަބުން ވަރަށް ބޮޑެތި ނޭދެވޭ އަސަރުތަކެއް ކުރާނެ ކަމެއް ކަމަށް ބާކައުންސިލްގެ ރައީސް އަދި ވަކީލް މައުމޫނު ހަމީދު ވިދާޅުވެއްޖެ އެވެ.

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ހިޔާނާތުގެ މައްސަލާގައި އަދީބާ ދެކޮޅަށް ދައުލަތުން އުފުލާފައިވާ ހަތް ދައުވާ ކްރިމިނަލް ކޯޓުން ބޭރުކޮށްލި މައްސަލާއާ ގުޅިގެން މައުމޫން ހަމީދު ކޮށްފައިވާ ޓްވީޓްގައި ވިދާޅުވީ މިކަހަލަ ހާލަތެއްގައި ވަކި ގޮތެއް ނިންމުން އަވަސްކުރުމުން، އިސްތިއުނާފް ކުރުމާއި ކަންކަން ހިނގަނީ ރަނގަޅަށްތޯ ބެލުމުގެ ނިޒާމަށް ހުރަސްއެޅިގެން ދާކަމަށެވެ. އަދި އެކަމުގެ ސަބަބުން ފަނޑިޔާރުން ބިރުގަނެ ޝަރުއީ ނިޒާމަށް ހުރަސްތަކެއް އެޅިގެން ދާނެކަން މައުމޫނު ވިދާޅުވި އެވެ.

"މަޖިލީހުން މި ދަނޑިވަޅުގައި ކަންކަން ނިންމުން އަވްސްކުރާނަމަ، އިސްތިއުނާފްކުރުމާއި ކަންކަން ހިނގަނީ ރަނގަޅަށްތޯ ބެލުމުގެ ނިޒާމަށް ހުރަސްތަކެއް އެޅިގެން ދާނެ. މިކަމުގެ ސަބަބުން ފަނޑިޔާރުން ބިރުގަނެ، ޝަރުއި ނިޒާމުގެ މިނިވަންކަމަށް ވަރަށް ބޮޑެތި އަސަރުތަކެއް ކުރާނެ. މިއީ އިންސާފު ގާއިމްކުރުމާއި ގާނޫނީ ހުކޫމަތު ދަމަހައްޓަން ވެސް ހުރަހެއް،" މައުމޫނު ހަމީދު ވިދާޅުވެފައިވެއެވެ.

މި ޓްވީޓް މައުމޫން ހަމީދު ކުރައްވާފައި ވަނީ އަދީބު މިނިވަން ކުރި މައްސަލަ މަޖިލީހަށް ހުށަހެޅިކަމަށް ބުނެ ލިޔެފައިވާ ހަބަރެއް ރީޓުވީޓް ކުރައްވަމުންނެވެ.

އަދީބުގެ މައްޗަށް ދައުލަތުން އުފުލި ހަތް ދައުވާ ކްރިމިނަލް ކޯޓުން ބޭރުކޮށްލި ގޮތާއި މެދު މަޖިލީހުގެ ރައީސް، ހިތްހަމަ ނުޖެހުންފާޅު ކުރެއްވި އިރު އިއްޔަ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީޖީ ހުސައިން ޝަމީމްވެސް ވަނީ މައްސަލަ ބެއްލެވި ގާޒީއަށް ނުހަނު ބޮޑަށް ފާޑުވިދާޅުވެފަ ވެއެވެ.

ކްރިމިނަލް ކޯޓުގެ ގާޒީ އިސްމާއިލް ރަޝީދުގެ މައްސަލަ ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ބެލުމަށް ގޮވާލާ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު ހުށަހެޅި މައްސަލަ އާ ގުޅޭގޮތުން ވާހަކަދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އަދީބު މިނިވަންވީ މައްސަލަ ބަލަން އިންނެވި ގާޒީގެ "ގަމާރު" ކަމުން  ކަމަށެވެ

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް