ads
ގަން ރީޖަނަލް ހޮސްޕިޓަލް--
ގަމުގައި މަސް ފެންގަނޑަށް ވެއްޓުނު ތުއްތު ކުއްޖަކަށް ފަރުވާދެނީ
ލ. ގަމުގައި މަސް ފެންގަނޑަކަށް ވެއްޓުނު ތުއްތު ކުއްޖަކަށް އައިސީޔޫގައި ފަރުވާދޭން ފަށައިފި އެވެ.

އެ ރަށު ކައުންސިލުގެ މެމްބަރަކު މިރޭ ސީއެންއެމްއަށް ވިދާޅުވި ގޮތުގައި މަސް ފެންގަނޑަށް ކުއްޖަކު ވެއްޓިފައި ވަނީ މިއަދު އިރުއޮއްސުން ހާއިރެވެ. އަދި އެކުއްޖާއަށް ގަމު ރީޖަނަލް ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުންނެވެ. 

އެ ކުއްޖާގެ ހާލު އެހާ ރަނގަޅު ނޫން ކަމަށް މައުލޫމާތު ލިބެ އެވެ. އެކަމަކު އަދި އެކަމާއި ގުޅިގެން ހޮސްޕިޓަލުގެ ބަހެއް ނުލިބެ އެވެ. 

މީގެ ކުރިން ވެސް ގަމުގައި ވަނީ މަސްގަނޑަށް ކުއްޖަކު ވެއްޓި ހާލު ސީރިއަސްވެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް