ads
މަސައްކަތް ކުރުވުމަށްފަހު އުޖޫރަ ނުދިނުމަކީ ޒަމާނީ އަޅުވެތިކަން: ޚުތުބާ
މީހުން ލައްވާ މަސައްކަތް ކުރުވުމަށްފަހު އުޖޫރަ ނުދިނުމަކީ ޒަމާނީ އަޅުވެތި ކަންކަމަށް ހުކުރު ޚުތުބާގައި ބުނެފި އެވެ.

މިއަދުގެ ހުކުރު ހުތުބާގައި ބުނެފައިވަނީ އިންސާނީ ކަރާމަތް މަނާކުރާ ކަންތައްތަކުގެ ތެރޭގައި އިންސާނީ ވަގުފާރި ހިމެނޭކަމަށެވެ. އޭގެ ތެރޭގައި އިންސާނުން ވަގަށް ނެގުމާއި، މިނިވަން އިންސާނުން ލައްވާ އަޅުންގެ ގޮތުގައި މަސައްކަތް ކުރުވުން ހިމެނޭކަމަށެވެ. އަދި ހަށި ވިއްކުމުގެ ހަރާމް ވިޔަފާރިއާއި ކުޑަކުދިން ލައްވައި މަސްތުވާތަކެތީގެ ވިޔަފާރި ކުރުވުމާއި މިހުން ލައްވައި މަސައްކަތް ކުރުވުމަށްފަހު އުޖޫރު ނުދިނުން ފަދަ ލާއިންސާނީ އަމަލުތަކަކީ ވެސް އިންސާނީ ވަގުފާރީގެ ތެރޭގައި ހިމެނޭ ކަންކަން ކަމުގައެވެ. އަދި މިފަދަ ކަންކަމަށް ޒަމާނީ އަޅުވެތިކަމޭ ކިޔާކަމަށްވެސް ހުތުބާގައި ވެއެވެ. 

އިންސާނީ ވަގުފާރީގެ ސަބަބުން މުޅި އިންސާނިއްޔަތަށް މިއަދު އިޖްތިމާއީ ބޮޑެތި މުސީބާތްތައް ކުރިމަތިވެފައިވާކަމަށް ހުތުބާގައިވެ އެވެ. ރަނގަޅު މުސާރަ ދޭނެކަމަށްބުނެ ހައްލައިގައި އެތައްލައްކަ މީހުން އެމީހުންގެ ޤައުމުދޫކޮށް އެހެން ޤައުމުތަކަށް ފޮނުވަނީ އޮޅުވާލުމުގެ ތެރޭގައިކަންވެސް ހުތުބާގައި ފާހަގަކޮށްފައިވެ އެވެ. 

މީގެ އިތުރުން ހުތުބާގައި ބުނެފައިވަނީ ތަފާތު އެކި ބޭނުންތަކަށް ރާއްޖެއިން ބޭރުން މީހުން ގެނެސް އެމީސްމީހުން ލައްވާ މަސައްކަތް ކުރުވާއިރު އިންސާނީ ހައްޤުތަކުގެ މަތިން ހަދާންކުރަންޖެހޭކަމަށެވެ. އެގޮތުން އެމީހުނަށް ކާންބޯން ދިނުމާއި، ނިދުމާއި، ބޭސްފަރުވާ ކުރެވޭނެ ގޮތް ހަމަޖައްސައިދޭންޖެހޭނެ ކަމަށެވެ. އަދި އެމީހުނަށް މުސާރަ ދިނުމަކީވެސް އެމީހަކު ގެނައިބަޔެއްގެ ޒިންމާއެއް ކަމަށް ވެސް ހުތުބާގައިވެ އެވެ. 

"އެ އަސާސީ ހައްޤުތައް އަދާކުރުމަކީ ދީނީ އަދި ދުންޔަވީ ވާޖިބެކެވެ."

ހުތުބާގައި ބުނެފައިވަނީ ރާއްޖޭގައި މަސައްކަތް ކުރަމުންދާ ބިދޭސީން ގެންގުޅޭ ފަރާތްތަކުން އެ މީހުންނާއި މެދު އިހުމާލުވެ އެމީހުންގެ ހައްޤުތައް ނުދޭނަމަ، އެ ހައްޤުތައް ހޯދުމަށް މަސައްކަތްކުރަން ޖެހޭނީ ޤާނޫނީ އިމުގެ ތެރެއިން ކަމަށެވެ. އަދި ހަމަނުޖެހުން ހިންގައި ސަރުކާރައި ރައްޔިތުންގެ މުދަލަށް ގެއްލުން ދީގެން ނުވާނެކަން ފާހަގަކޮށްފައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް