ads
ރައްޔިތުންގެ މަޖިލީސް---
އާންމު ސިއްހަތުގެ ބިލަށް އާންމުންގެ ހިޔާލު ހޯދަނީ
އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނަށް ހުށައެޅިފައިވާ އިސްލާހުގެ ބިލަށް އާންމުގެ ހިޔާލު ހޯދުމަށް ބައްދަލުވުމެއް ބޭއްވުމަށް ނިންމައިފި އެވެ.
Advertisement

އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނަށް އިސްލާހު ހުށައަޅާފައި ވަނީ ފުވައްމުލަކު އުތުރު ދާއިރާގެ އެމްޑީޕީގެ މެންބަރު މުހައްމަދު ރަޝީދު އެވެ. އެ ބިލާއި ބެހޭގޮތުން އާންމުންގެ ހިޔާލު ހޯދުމުގެ ރައްޔިތުން މަޖލީހުން ބައްދަލުވުމެއް ބޭއްވުމަށް ނިންމައިފައި ވަނީ އަންނަ ހަފްތާގެ އާދީއްތަ ދުވަހުގެ ރޭ 8:30 ގައެވެ.

މެންބަރު މުހައްމަދު ރަޝީދު ހުށައަޅާފައިވާ އިސްލާހުގެ ބިލްގައި ބުނާ ގޮތުން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރާތާ 48 ގަޑީރު ތެރޭގައި ގަރާރެއް މަޖިލީހަސް ހުށައަޅަން ޖެހެއެވެ. އެއީ މަޖިލިސް ޗުއްޓީއަށް ގޮސްފައިވާ ދަނޑިވަޅެއްނަމަ، 14 ދުވަސް ތެރޭގައި މަޖިލީހަށް މެންބަރުން އެއްވެ އޭގެ މަސައްކަތް ފަށަން ވާނެ ކަމަށް ބިލުގައި ބުނެ އެވެ. 

އޭގެ އިތުރުން ހެލްތު މިނިސްޓަރަށް ގާނޫނުން ލިއްބައިދޭ ބާރުތަކުގެ ތެރެއިން އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރުމުގެ އިހްތިޔާރު އޮތް ކަމުގައި ވީނަމަވެސް ކުއްލި ހާލަތުގެ ގަރާރުގެ ވަކި ބައެއް ނުވަތަ މުޅި ގަރާރަށް ރުހުން ދިނުމުގެ ބާރު މަޖިލީހަށް އޮންނާނެ ކަމަށް މި ބިލުގައި ބުނެފައިވެ އެވެ.

ބިލުގައި އިތުރަށް ބުނެފައި ވަނީ މި ބިލް ގާނޫނަކަށްވެ އަމަލު ކުރަން ފަށާއިރު ކުއްލި ހާލަތެއް އިއުލާންކޮށް އެ ހާލަތު ނިމުމަކަށް ގެނެސްފައި ނުވާނަމަ އެ ހާލަތުގެ ގަރާރާ މެދުގައި ވެސް އަމަލު ކުރަން ޖެހޭނީ ބިލުގައި ބުނެފައިވާ ގޮތުގެ މަތިން ކަމަށެވެ. އަދި މިހާރު އިއުލާނު ކޮށްފައިވާ ކުއްލި ނުރައްކަލުގެ ހާލަތު އިތުރު ކުރަން ބޭނުންނަމަ މަޖިލީހަށް އެކަމާއި ގުޅިގެން ގަރާރެއް ހުށައަޅައި މަޖިލީހުގެ ރުހުން އެކަމަށް ހޯދަން ޖެހޭނެ ކަމަށެވެސް ބުނެފައިވެ އެވެ.

މި ގާނޫނަށް ހުށައަޅައިފައިވާ އިސްލާހު ގާނޫނަކަށް ވެއްޖެ ނަމަ ހެލްތު މިނިސްޓަރަށާއި ހެލްތު މިނިސްޓްރީއަށް ލިބޭ ބާރުތައް ހަނިވެގެން ދާނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް