ads
ނެޓްފިކްސް
ލޮކްޑައުންގައި ދިހަ މިލިއަނަށް ވުރެ ގިނަ މީހުން "ނެޓްފިކްސް" ގެ އަވައިގައި ޖެހިއްޖެ
ކޮވިޑް-19 އާ ގުޅިގެން މިދިޔަ ތިން މަހެއްހާ ދުވަސް ގައުމުތައް ލޮކްޑައުންގައި އޮތްއިރު ދިހަ މިލިއަނަށް ވުރެ ގިނަ މީހުން "ނެޓްފިލިކްސް" ބެލި ކަމަށް އެ ކުންފުނިން ބުނެފި އެވެ.
Advertisement

ނެޓްފިލިކްސް އިން ބުނީ މިއީ މިހާތަނަށް އެންމެ ގިނަބަޔަކު ނެޓްފިލިކްސްއަށް ސަބްސްކްރައިބް ކުރި ފަހަރު ކަމަށެވެ. އަދި ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ގިނަ ބަޔަކު ނެޓްފްލިކްސް ބޭނުން ކުރަން ފެށުމުން ހިދުމަތް ދިނުމުގައި ދަތިތަކެއް ދިމާވި ކަމަށާއި ނަމަވެސް މިހާރު އެ މައްސަލަ ހައްލުކުރެވިފައިވާ ކަމަށްވެސް ބުނެފައިވެ އެވެ.

ނެޓްފްލިކްސްގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި 2019 ގައި 28 މިލިއަނަށް ވުރެ ގިނަ ބަޔަކު ނެޓްފްލިކްސް ބޭނުން ކުރަން ފަށައިފައިވެ އެވެ. ނަމަވެސް ފާއިތުވި ތިން މަހުގެ ތެރޭގައި 10 މިލިއަން މީހުން ނެޓްފިލިކްސް ބަލަން ފެށުމަކީ އެކުންފުންޏަށް ލިބިގެން ދިޔަ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް ބުނެފައިވެ އެވެ. މިއަހަރުގެ މިހާތަނަށް 26 މިލިއަން މީހެއް ވަނީ ނެޓްފްލިކްސް ބޭނުން ކުރަން ފަށާފަ އެވެ.

އެހެންނަމަވެސް ކޮވިޑް-19 ގެ މި ދަނޑިވަޅުގައި ބައެއް މީހުންގެ މާލީ ހާލަތު ދަށްވުމުގެ ސަބަބުން ހިދުމަތް ބޭނުން ކުރުން ހުއްޓާލާފައިވާކަން ވެސް އެކުންފުނިން ފާހަގަކޮށްފައިވެ އެވެ.

އަހަރުގެ ފުރަތަމަ ކުއާޓަރުގައި އިތުރުވި ސަބްސްކްރައިބަރުންގެ އަދަދާ އެކު ނެޓްފްލިކްސް އަށް ފީ ދައްކައިގެން ބޭނުންކުރާ ސަބްސްކްރައިބަރުންގެ އަދަދު 183 މިލިއަނަށް އަރާފައިވާކަމަށް އޭޕްރީލް މަހު އެކުންފުނިން ބުނެ އެވެ. މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ސަބްސްކްރައިބަރުންގެ އަދަދަކީ 163 މިލިއަނެވެ. ނެޓްފްލިކްސް އިން ބުނިގޮތުގައި އެ ޕްލެޓްފޯމް ބޭނުންކުރާ މީހުންގެ އަދަދު އަހަރުން އަހަރަށް އަންނަނީ އެވްރެޖްކޮށް 23 ޕަސެންޓުގެ ކުރިއެރުމުއް ހޯދަމުނެވެ.

ނެޓްފްލިކްސް އަކީ ދުނިޔޭގެ އެންމެ މަގުބޫލު ސްޓްރީމިން ޕްލެޓްފޯމް ކަމަށްވާއިރު އެ ކުންފުނީގެ ހިދުމަތަށް ލިބެމުން އަންނަ ތަރުހީބު އިތުރުވަމުން އަންނާތީ ނެޓްފްލިކްސް އިން އަންދާޒާކުރާ ގޮތުގައި އަހަރުގެ ދެވަނަ ކުއާޓަރުގައި އެ ޕްލެޓްފޯމް ސަބްސްކްރައިބްކުރާ މީހުންގެ ނިސްބަތަށް 7.5 މިލިއަން އިތުރުވާނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް