ads
ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ)
އައިވީއެފްގެ އެހީއަށް އެދުމުގެ އިތުރު 50 ފުރުސަތު ހުޅުވާލަނީ
އައިވީއެފްގެ އެހީއަށް އެދުމުގެ އިތުރު 50 ފުރުސަތު ހުޅުވާލަން ނިންމައިފިއެވެ.
Advertisement

ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) އިން ބުނީ "ފަރޓިލިޓީ ކެއަރ ފަންޑް" މެދުވެރިކޮށް 2025 ވަނަ އަހަރު "އައި.ވީ.އެފް" ގެ ފަރުވާގެ ޚަރަދު ކުރުމަށް ދަތިވާ ފަރާތްތަކުން ދައުލަތުގެ އެހީއަށް އެދި ހުށަހެޅުމުގެ ފުރުސަތު މިހާރު ފަހިވެފައިވާކަމަށެވެ.  

ޝަރުތު ހަމަވާ ފަރާތްތަކުގެ ތެރެއިން 2025 ވަނަ އަހަރު "އައި.ވީ.އެފް" ގެ ފަރުވާއަށް އެހީ ހަމަޖައްސައިދިނުމަށް ހަމަޖެހިފައިވަނީ، އެންމެ މަތިން ޕޮއިންޓް ލިބޭ 50 ދެމަފިރިންނަށް ކަމަށް އެންސްޕާއިން ބުނެއެވެ. 

"އައި.ވީ.އެފް" ގެ ފަރުވާގެ ހަރަދު ކުރުމަށް ދަތިވާ ފަރާތްތަކުން މިފުރުސަތަށް އެދެވޭނީ https://one.gov.mv ޕޯޓަލް މެދުވެރިކޮށް އޮންލައިންކޮށްކަމަށެވެ. އަދި އެހީއަށް އެދުމަށް ފޯމު ހުށައެޅޭނީ މިމަހުގެ  އިން ފެށިގެން 20 ޑިސެންބަރު 2025 ގެ 14:00 ނިޔަލަށްކަމަށް އެންސްޕާއިން ބުނެއެވެ. 

އޮކްޓޫބަރު މަހުގެ ނިޔަލަށް އައިވީއެފް ފަރުވާ ހޯދުމަށް 93 މީހަކަށް އެހީ ދިންކަމަށް އެންސްޕާއިން ބުނެއެވެ. އަދި އޭގެ ތެރެއިން 23 މީހެއްގެ ފަރުވާ ކާމިޔާބުކަމަށްވެސް އެންސްޕާއިން ބުނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް