ads
އައިޖީއެމްއެޗް----- ފޮޓޯ: ސީއެންއެމް
މަސްފެންގަނޑަށް ވެއްޓުނު ކުއްޖާ އިތުރު ފަރުވާއަށް މާލެ ގެނެސް، އައިސީޔޫގައި ފަރުވާދެނީ
ލ. ގަމުގައި މަސް ފެންގަނޑަކަށް ވެއްޓުނު ތުއްތު ކުއްޖާ އިތުރު ފަރުވާއަށް މާލެ ގެނެސް ފަރުވާދޭން ފަށައިފި އެވެ.

އިއްޔެ ހަވީރު ކުއްޖާ މަސް ފެންގަނޑަށް ވެއްޓުމާއެކު އެންމެ ފުރަތަމަ ފަރުވާދީފައި ވަނީ ގަމު ރީޖަނަލް ހޮސްޕިޓަލުގަ އެވެ. ގަމު ހޮސްޕިޓަލުގެ އޮފިޝަލަކު މިއަދު ސީއެންއެމްއަށް ވިދާޅުވީ، މަސް ފެންގަނޑަށް ވެއްޓުނު ކުއްޖާ އިތުރު ފަރުވާއަށް މާލެ ގެނެސްފައި ވަނީ ރޭ ދަންވަރު ދޭއް ހާއިރު ކަމަށެވެ.

މަސް ފެންގަނޑަށް ވެއްޓުނު 14 މަހުގެ ފިރިހެން ކުއްޖާއަށް މިހާރު މާލެ ގެނެސްފައިވާއިރު އައިޖީއެމްއެޗުގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެކުއްޖާއަށް ފަރުވާދެމުންދަނީ އައިސީޔޫގައި ކަމަށެވެ. އެކަމާއި ގުޅިގެން އިތުރު މައުލޫމާތެއް ނުދެއްވަ އެވެ. 

މީގެ ކުރިން ވެސް ގަމުގައި ވަނީ ކުއްޖަކު މަސް ފެންގަނޑަކަށް ވެއްޓި ހާލު ސީރިއަސްވެގެން ފަރުވާދީފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް