ads
އެމްޕީއެލް ސަރަހައްދު--
ޝިޕިން އެޖެންސީތައް ރަޖިސްޓްރީކުރުން ލާޒިމުކޮށްފި
މާލޭ ވިޔަފާރި ބަނދަރުގައި ހިދުމަތްދޭ ހުރިހާ ޝިޕިން އެޖެންސީތައް ޓްރާންސްޕޯޓް އޮތޯރިޓީގައި ރަޖިސްޓްރީކުރަން ލާޒިމުކޮށްފި އެވެ.

ޝިޕިން އޭޖެންސީގެ ހިދުމަތް ދިނުމާބެހޭ ގަވާއިދަށް އެ ބަދަލުތައް ގެނެސް، ގެޒެޓްކޮށްފައިވާއިރު ޓްރާންސްޕޯޓް އޮތޯރިޓީން ހާއްސަ ލައިސަންސެއް ނަގައިގެން ނޫނީ ވިޔަފާރި ބަނދަރުތަކުގައި ޝިޕިން އޭޖެންޓުކަން ނުކުރެވޭގޮތަށް ވަނީ ބަދަލުކޮށްފަ އެވެ.

އެގަވާއިދުގެ ދަށުން އޭޖެންސީގެ ހިދުމަތްދޭ ކުންފުނިތަކުން 30 ދުވަހުގެ ތެރޭގައި ޓްރާސްޕޯޓް އޮތޯރިޓީގައި ރަޖިސްޓްރީކުރަން އަންގާފައިވާއިރު އެ މުއްދަތަށް ފަހު އެ ހިދުމަތް ދެވޭނީ ޓްރާންސްޕޯޓުން ހާއްސަ ހުއްދަ ލިބިފައިވާ ފަރާތްތަކަށް އެކަނި ކަމަށް ވެސް ކަނޑައަޅާފައިވެ އެވެ. 

ކުރިން އޮތް ގޮތުންނަމަ އިކޮނޮމިކް މިނިސްޓްރީ ދަށުން ރަޖިސްޓްރީކޮށްފައިވާ ކޮންމެ ކުންފުންޏަކަށް ޝިޕިން އެޖެންޓުންގެ ގޮތުގައި ލައިސަންސަކާއި ނުލާ ވެސް މަސައްކަތް ކުރެވެ އެވެ.

އެ ގަވާއިދުގައިވާ ގޮތުން ޝިޕިން އެޖެންސީއެއްގެ ގޮތުގައި ރަޖިސްޓްރީ ކުރެވޭނީ ކުންފުންޏާއި ބެހޭ ގާނޫނުގެ ދަށުން ރަޖިސްޓްރީކޮށްފައިވާ ކުންފުނިތަކަށެވެ. އަދި ރަޖިސްޓްރީ ނުކުރާ ފަރާތްތަކަށް އަންނަ މަހުގެ 16 ވަނަ ދުވަހުގެ ފަހުން ޝިޕިން އޭޖެންސީގެ ހިދުމަތް ފޯރުކޮށްނުދެވޭނެ އެވެ.

އަދި އެފަދަ އެޖެންސީތަކުގެ ޒިންމާތަކުގެ ތެރޭގައި އާގުބޯޓު ފަހަރު ރާއްޖޭގެ ބަނދަރުތަކަށް އައުމާއި ފުރުން ހަމަޖެއްސުން ވެސް ހިމެނެ އެވެ. އެކަން ކުރަން ޖެހޭނީ ރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކުގެ ތެރެއިން ކަަމަށް ވެސް ހިމަނާފައިވެ އެވެ.

އެ ގަވާއިދާއި ހިލާފުވެއްޖެނަމަ 10000 ރުފިޔާ އިން ޖޫރިމަނާކުރެވޭނެ ކަމަށާއި އެކަން ތަކުރާރުކޮށްފިނަމަ ހުއްދަ ބާތިލުކުރެވޭނެ ކަމަސް ވެސް ބުނެފައިވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް