
ރިޕޯޓްތައް ބުނާ ގޮތުގައި އައިޝްވާރިޔާއާއެކު އޭނާގެ އަންހެން ދަރިފުޅު އަރާދްޔާ ވެސް ވަނީ މުމްބާއީގެ ނަނަވާތީ ހޮސްޕިޓަލުގަ އެވެ.
އެންމެ ފުރަތަމަ އެ އާއިލާއިން ކޮވިޑަށް ޕޮޒިޓިވްވީ އަމީތާބު ބައްޗަނެވެ. އޭގެ ފަހުން އަމީތާބު ފިރިހެން ދަރިފުޅު އަދި އައިޝްވާރިޔާ ވެސް ފިރިމީހާ އަބީޝޭކަށް ވެސް ކޮވިޑް ޖެހިފައިވާއިރު އެމީހުންނަށް ވެސް ފަރުވާދެމުންދަނީ އެ ހޮސްޕިޓަލުގަ އެވެ.
އަމީޔާބުގެ އަންހެނުން ޖާޔާ ބައްޗަން ކޮވިޑަށް ނެގެޓިވްވެފައިވާއިރު އެގޭގައި މަސައްކަތް ކުރާ މީހުން ވެސް ބައްޔަށް ޓެސްޓްކޮށް ވަނީ ނެގެޓިވްވެފަ އެވެ.
އެމީހުން ދިރިއުޅޭ ގެ މޮނިޓަރިންގެ ހާލަތަށް ގެނެސް ޑިސްއިންފެކްޓްކުރުމުގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ.
މީގެ ކުރިން ވެސް ބޮލީވުޑުގެ މަޝްހޫރު ތަރިންގެ ގޭގައި މަސައްކަތް ކުރާ މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވެ އެވެ. އެކަމަކު މިއީ ބޮލީވުޑުގެ މަޝްހޫރު އާއިލާއަކުން ގިނަ ބަޔަކު ޕޮޒިޓިވްވި ފުރަތަމަ ފަހަރެވެ. އެމީހުންނަށް ބަލި ޖެހެން މެދުވެރިވި ސަބަބެއް ނޭނގެ އެވެ.