ކޮރެއާއިން 150 ޓެސްޓު ކިޓު މާލެއަށް ހަދިޔާ ކުރުމުން ފޮރިން މިނިސްޓަރު އަބްދު ﷲ ޝާހިދު ވަނީ ކޮރެއާގެ ފޮރިން މިނިސްޓަރު ކަންގް ކިޔުންގް ވާ އަށާއި އެމްބެސެޑަރު ޖިއޮންގް ވޫން ޖީ އަށް ހާއްސަކޮށް ޝުކުރު އަދާ ކުރައްވާފަ އެވެ.
ކޮވިޑާއި ގުޅިގެން އެކި ގައުމުތަކުން އަންނަނީ ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އެގޮތުން ދާދި ފަހުން ދުނިޔޭގެ ސިއްހީ ޖަމިއްޔާ، ޑަބްލިއުއެޗްއޯ އިން ވަނީ 45،000 ޓެސްޓު ކިޓު ރާއްޖެއަށް ހަދިޔާ ކޮށްފައެވެ.
ކޮވިޑް-19 އާއި ގުޅިގެން ރާއްޖެއަށް އެންމެ ބޮޑަށް އެހީތެރިކަން ފޯރުކޮށްދިން ގައުމަކީ އިންޑިއާ ކަމުގައި ސަރުކާރުން ވަނީ ބުނެފަ އެވެ.
ޓެސްޓު ކިޓު ނޫނަސް ފައިސާގެ ގޮތުން ބޭރުގެ މާލީ އިދާރާތަކުން ރާއްޖެއަށް ވަނީ 2.9 ބިލިއަން ރުފިޔާގެ އެހީއެއް ދީފައެވެ.