ads
އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަނީ: ފޮޓޯ / ސަން
މި އަންނަަނީ ވަރަށް ނުބާ ކަމެއްގެ ފެށުން: އަދުރޭ
ބިދޭސީންނަށް ދިވެހި ރާއްޖޭގެ ދާއިމީ ރައްވެހިކަން ދިނުމަކީ ވަރަށް ނުބައި ކަމެއްގެ ފެށުން ކަމަށް އިދިކޮޅު ޕީއެންސީގެ ލީޑަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

ބިދޭސީންނަށް ރާއްޖޭގައި 10 އަހަރަށް ވުރެ ދިގު މުއްދަތަށް ގެއެއް ކުއްޔަށް ހިފާ ބިދޭސީންނަށް ރެޒިޑެންޓް ވިސާ ދޭ ގޮތަށް އިމިގްރޭޝަންގެ ގާނޫނަށް އިސްލާހު ގެންނަން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިސްލާހު ހުށަހަޅުއްވުމާއި ގުޅިގެން އިދިކޮޅުން އެކަމުގެ ކަންބޮޑުވުން ފާޅުކޮށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަބްދުއްރަހީމް ވިދާޅުވީ މިއީ ދިވެހި ރައްޔިތުން ރާއްޖޭގެ ދެވަނަ ދަރަޖައަކަށް ގެންދިއުމަށް ބަޔަކު ކުރަމުން ގެންދާ މަސައްކަތެއް ކަމަށެވެ. 

އަބްދުއްރަހީމް ވިދާޅުވީ މިހާރުގެ ސަރުކާރުން ކުރަމުންދާ މަސައްކަތަކީ ދިވެހި ރައްޔިތުންގެ ބާރު ނެތި ގައުމުގެ ވެރިކަމަށް ބޭނުން ބަޔަކު ގެނައުމަށް މަގުފަހި ކުރުމަށް ކުރެވޭ މަސައްކަތެއް ކަމަށެވެ. އަދި މިއީ ރާއްޖެއަށް ތަފާތު ބާތިލް ދީންތައް ފެތުރުމަށް ރޭވިގެން ކުރަމުން ގެންދާ  މަސައްކަތެއް ކަމަށްވެސް ތުހުމަތުކޮށްފައިވެ އެވެ. މިކަމާއި ދެކޮޅަށް ރައްޔިތުން ނުކުމެ އަޑު އުފުލުމަށްވެސް އަބްދުއްރަހީމް ވަނީ ގޮވައިލާފަ އެވެ.

"ދިވެހި ރައްޔިތުން މިކަމާއިމެދު އަޑުއުފުލަން އެބަޖެހޭ. ދިވެހި ރައްޔިތުންގެ ބާރު ދިވެހި ރާއްޖެއިން ކެނޑިގެން ދާން މިއުޅެނީ. ދިވެހި ރާއްޖެ އޭ ކިޔުމުގެ ފުރުސަތު އަޅުގަނޑުމެންނަށް ގެއްލިގެން ދާން މިއުޅެނީ. މިއަދު އަޅުގަނޑުމެން މިކަމާ ދޭތެރޭގައި ސަމާލު ނުވެއްޖެއްޔާ މާދަމާ އަަޅުގަނޑުމެން ކުރާނެ އެއްވެސް ކަމެއް ނޯންނާނެ." އަބްދުއްރަހީމް ވިދާޅުވިއެވެ.

މިކަމާއި ގުޅިގެން ބިދޭސީންނަށް ދިވެހިރާއްޖޭގައި ދާއިމަށް ތިބެވޭގޮތަށް ވިސާ ދިނުން ހުއްޓުވަން ކުރަން ޖެހުނު ކޮންމެ ކަމެއް ކުރާނެ ކަމަށް އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން މިއަދު ބޭއްވި މި ބައްދަލުވުމުގައި ބުނެފައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް