ads
ފޮޓޯ: އެމްޓީސީސީ
މާވަށް ބަނދަރު ހެދުމުގެ މަސައްކަތުގެ 37 އިންސައްތަ ނިމިއްޖެ
ލ. މާވަށް ބަނދަރު ހެދުމުގެ މަޝްރޫއުގެ 37 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފި އެވެ.

އެމްޓީސީސީން ބުނީ އެ މަޝްރޫއުގެ ދަށުން ކުރިން ހަދާފައިވާ ބަނދަރާއި ނެރުގެ މެއިންޓަނަންސް މަސައްކަތްތައް ނިމިފައިވާ ކަމެވެ. އަދި ކީ ވޯލް ޖެހުމަށް ބޭނުންވާ ބްލޮކްސް ބެހެއްޓުމުގެ މަސައްކަތް މިއަހަރު 15 ޖުލައި ގައި ފަށާފައިވާ ކަމަށް ވެސް އެމްޓީސީސީން ބުނެއެވެ.

މާވަށް ބަނދަރު ހެދުމުގެ މަސައްކަތުގެ ތެރެއިން 26،885 ކިއުބިކް މީޓަރުގެ ބަނދަރު ފުންކުރުމާއި 284 މީޓަރުގެ ސަރަހައްދެއްގައި ބްރޭކްވޯޓަރު ލުމުގެ މަސައްކަތްތައް ހިމެނިފައިވާ ކަމަށް އެކުންފުނިން ބުނެއެވެ.

މީގެ އިތުރުން 40 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުމާއި 110 މީޓަރުގެ ސަރަހައްދެއްގައި ކީ ވޯލް ހެދުމުގެ މަސައްކަތްވެސް ކުރުމަށް ހަމަޖެހިފައިވާ ކަމަށްވެސް އެ ކުންފުނިން ހާމަކޮށްފައި ވެއެވެ.

އެމްޓީސީސީން އިތުރަށް ބުނީ ރޭމްޕް އެޅުމާއި މޫރިންގް ބްލޮކްސް ހަރުކުރުމުގެ މަސައްކަތްތައްވެސް ކުރިއަށް ގެންދެވޭނެ ކަމެވެ.

މާވަށް ބަނދަރު ހެދުމުގެ މަސައްކަތް ފަށާފައި ވަނީ މިއަހަރު އޭޕްރިލް މަހުގެ ހަތް ވަނަ ދުވަހު އެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގް، ހައުސިންގް އެންޑް އިންފްރާސްޓްރަކްޗަރުގެ ފަރާތުން އެމްޓީސީސީ އާއި ހަވާލުކޮށްގެން ކުރިއަށްގެންދާ އެ މަޝްރޫއުއަކީ 27.3 މިލިއަން ރުފިޔާ އަށް ހަވާލުކޮށްފައިވާ މަޝްރޫއެއް ކަމަށް އެމްޓީސީސީ އިން މައުލޫމާތު ދެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް