މިއީ ގާފަރުގެ ޑިސްޓްރިބިއުޝަން ނެޓްވޯކްގެ ވޯލްޓޭޖް ޑުރޮޕް ހައްލު ކުރުމަށް ކުރިއަށް ގެންދާ މަސައްކަތެއް ކަމަށް އެ ކުންފުނިން ބުނެ އެވެ. އަދި އަޕްގްރޭޑްގެ މަސައްކަތް ނިމުމުން އެކަމުގެ ފަސޭހަ ގާފަރު ރައްޔިތުންނަށް ލިބިގެންދާނެ ކަމަށް ވެސް ސްޓެލްކޯއިން ފާހަގަކުރެ އެވެ.
ސީއެންއެމް އަށް މައުލޫމާތު ދެމުން ސްޓެލްކޯ އިން ބުނީ ކޭބަލްތައް ވަޅު ލާ ނިމިފައިވާ ކަމަށާއި، މިހާރު ކުރިއަށް ދަނީ ޑިސްޓްރިބިއުޝަން ފޮށިތަކާއި ގުޅުވުމުގެ އެންމެ ފަހުގެ މަސައްކަތްތައް ކަމަށެވެ.
ގާފަރުގެ ކަރަންޓް ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތް ސްޓެލްކޯ އިން ކުރަމުން މި ގެންދަނީ އެ ކުންފުނިން ހިދުމަތްފޯރުކޮށްދޭ ފަރާތްތަކަށް އެެއްވެސް ދަތިކަމެއް ނެތި ހިދުމަތް ފޯރުކޮށްދިނުމަށް ކުންފުނިން ކުރާ މަސައްކަތުގެ ތެރެއިން ކަމަށް ސްޓެލްކޯ އިން ބުނެ އެވެ.
މިހާރުވެސް ސްޓެލްކޯ އިން ހިދުމަތް ދޭ ގިނަ ރަށްތަކެއްގައި ނެޓްވޯކް އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް އެކުންފުނިން ބުނެ އެވެ.