ޑްރައިވަރު ގާސިމް-- ފޮޓޯ: އަވަސް
ޑްރައިވަރު ގާސިމްގެ މަރަށް އިންސާފު ހޯދައިދިނުމަށް އަޑު އުފުލާނެ މީހަކު ނެތް؟!
Share
ސަރުކާރު ހިންގާ މައިޕާޓީ އެމްޑީޕީއަށް ނިސްބަތްވާ ސޯޝަލް މީޑިއާގެ އެކްޓިވިސްޓަކަށް ދާދިފަހުން މަރުގެ އިންޒާރުދިން މައްސަލަ ފެންމަތިވުމުން އެކަމާއި ގުޅިގެން އެފަރާތަށް ރައްކާތެރިކަން ދިނުމާއި މައްސަލަ ތަހުގީގު ކޮށްދިނުމާއި އޭނާއަށް އިންޒާރުދިން މީހުން ހައްޔަރުކޮށް ގާނޫނުގައި ބުނާ ހައްގު އަދަބު ދިނުމަށް ސޯޝަލް މީޑިއާގައި އަންނަނީ ގޮވާލަމުންނެވެ. އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ބޭއްވި އިހުތިޖާޖެއްގައި ހައްޔަރުކުރި ދެ މީހުންގެ ބަންދުގެ މުއްދަތު އިތުރު ކުރުމަށް ކްރިމިނަލް ކޯޓުން ނިންމުމުން އެކަމާއި ދެކޮޅަށްވެސް އަންނަނީ ސޯޝަލް މީޑިއާގައި އަޑު އުފުލަމުންނެވެ.
Advertisement
ސަރުކާރު ހިންގާ މައިޕާޓީ އެމްޑީޕީއަށް ނިސްބަތްވާ ސޯޝަލް މީޑިއާގެ އެކްޓިވިސްޓަކަށް ދާދި ފަހުން މަރުގެ އިންޒާރު ދިން މައްސަލަ ފެންމަތިވުމުން އެކަމާއި ގުޅިގެން އެފަރާތަށް ރައްކާތެރިކަން ދިނުމާއި މައްސަލަ ތަހުގީގު ކޮށްދިނުމާއި އޭނާއަށް އިންޒާރުދިން މީހުން ހައްޔަރުކޮށް ގާނޫނުގައި ބުނާ ހައްގު އަދަބު ދިނުމަށް ސޯޝަލް މީޑިއާގައި އަންނަނީ ގޮވާލަމުންނެވެ. އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ބޭއްވި އިހުތިޖާޖެއްގައި ހައްޔަރު ކުރި ދެ މީހުންގެ ބަންދުގެ މުއްދަތު އިތުރު ކުރުމަށް ކްރިމިނަލް ކޯޓުން ނިންމުމުން އެކަމާއި ދެކޮޅަށް ވެސް އަންނަނީ ސޯޝަލް މީޑިއާގައި އަޑު އުފުލަމުންނެވެ.

އެހެންނަމަވެސް މިދިޔަ ބުދަ ދުވަހުގެ ރޭ ތޫނު އެއްޗަކުން ހަމަލާދީ ޓެކްސީ ޑްރައިވަރު ގާސިމް ހަސަން މަރާލުުމުން އެކަމާ ދެކޮޅަށް އަޑު އުފުލާލަން ސޯޝަލް މީޑިއާގައި ކެރުނު މީހުންގެ އަދަދު އަތުން ގުނާލެވޭހާ މަދެވެ. އެއީ ކީއްވެގެން ހެއްޔެވެ. އޭނާއަކީ އާދައިގެ މީހަކަށް ވީމަ ހެއްޔެވެ. އޭނާއަކީ ސިޔާސީ ޕާޓީއެއްގެ މީހަކަށް ނުވީމަ ހެއްޔެވެ. ނުވަތަ އޭނާއަކީ ސިޔާސީ ޕާޓީއެއްގެ ދިދަ ހިފައިގެން މުޒާހަރާތަކަށް ނިކުންނަ މީހަކަށް ނުވީމަ ހެއްޔެވެ. ޑްރައިވަރު ގާސިމްއަކީ ވެސް އާއިލާއެއް އޮންނަ މީހެކެވެ. އޭނާގެ ދަރިން އެބަ ތިއްބެވެ. އެމީހުންނަށް ހިތްވަރު ދީ ގާސިމްގެ މަރުގެ ހަގީގަތް ހޯދަން ހިނގާލުމެއް ބާއްވާލަން ކެރުނު މީހަކުވެސް މިއަދު މި ރާއްޖެއަކު ނެތެވެ.

ސަރުކާރުގެ އިސްވެރިންގެ ތެރެއިން ގާސިމްގެ މަރާއި ގުޅިގެން ޓްވީޓުގަނޑެއް ކޮށްލަން ކެރުނު މީހަކު ނެތެވެ. އެހެން މީހުންގެ އާއިލާތަކަށް ހިތްވަރު ދިނުމުގެ ގޮތުން "އިންސާފު ނުލިބެނީސް ދޫނުކުރައްވާނެ" ކަމަށް ވިދާޅުވެ މީގެ ކުރިން ދައުލަތުގެ އިސްވެރިން ތަފާތު އެކި ކަންކަމުގައި ޓްވީޓުކޮށް ހަދާފައި ވެއެވެ. އެހެންނަމަވެސް މިއަދު މީހަކު މަރުވެގެން އުޅޭ ކަމެއް، އޭނާ މަރާލީ ކިހާ އަނިޔާވެރިކޮށް ކަމެއް ދެނެހުރި މީހަކުވެ ސް ސަރުކާރުގެ ތެރޭގައި ނެތް ފަދައެވެ.

ފުލުހުން ބުނީ މި މައްސަލަ ބަލަމުން އަންނަ ކަމަށެވެ. އެ މައްސަލާގައި ފުލުހުން ހަމައެކަނި ބުނީ ފުލުހުންގެ ސީރިއަސް އެންޑް އޮގަނައިޒް ކްރައިމް ޑިޕާޓްމަންޓް އާއި ފޮރެންސިކްސް ޑިޕާޓްމަންޓު ގުޅިގެން އެ މައްސަލަ ތަހުގީގު ކުރަމުން ދާ ކަމަށެވެ. އިތުރު ތަފްސީލެއް ނުދެއެވެ. ނަމަވެސް މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ކުރެވިފައެއް ނުވެއެވެ.

ފަހަރުގައި ޑްރައިވަރު ގާސިމްއަކީ ސިޔާސީ އެއްވެސް ޕާޓީއަކަށް ނިސްބަތްވާ މީހަކަށް ނުވި ނަމަވެސް އެއީވެސް މި ދިވެހި ފަސްގަނޑަށް އުފަންވި މީހެކެވެ. އޭނާގެ މަރަށް ވެސް އާއިލާއަށް ވެސް އިންސާފު ހޯދައިދޭން ޖެހޭނެއެވެ. ބޮޑެތި ހިނގާލުންތައް ހިނގާލަން ޖެހޭނީ ވަކި މީހަކު މަރާލައިގެން ހެއްޔެވެ. މިއަދު ޑްރައިވަރު ގާސިމް މަރާލުމުން އެކަމުގެ ހިތާމާގައި ތިބި އޭނާގެ އާއިލާއަށް ހިތްވަރު ދޭން ތިބީ ވެސް ހަމަ ދިވެހި ރައްޔިތުންނެވެ. އެކަމުގެ އަޑީގައި ތިބި މީހުން ހޯދާ ހައްޔަރު ކުރުމަށް ކަމާ ގުޅުން ހުރި އިދާރާތަކަށް ގޮވާލާ އަޑު އުފުލަން ވެސް ތިބީ ހަމަ ދިވެހި ރައްޔިތުންނެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ގުޅުންހުރި މައުލޫތައް