އުމުރުން 23 އަހަރުގެ ޖާންވީ، ކިތަންމެ އާދައިގެ ސްޓައިލެއްގައި ބޭރަށް ނިކުތަސް އޭނާގެ ރީތިކަމުގެ ސަބަބުން އެ ގޮތް ވެސް އޭނާއާ ގުޅެ އެވެ. ޖާންވީ ބުނާ ގޮތުގައި އޭނާއަކީ ގޭގައި ތައްޔާރުކުރާ ގުދުރަތީ ސާމާނުން ރީތިކޮށް ހުރުމަށް ލޯބިކުރާ ފަންނާނެކެވެ.
ވަރަށް ފަހުން އިންޓަވިއުއެއްގައި ޖާންވީ ވަނީ، އޭނާގެ ހަންގަނޑު ރީތިކުރުމަށް މިކުރާ ކަންކަން ވެސް ކިޔައިދީފަ އެވެ. އެގޮތުން ކެއުމަށް ފަހު ބާކީވާ އޯޓްސް މޫނުގައި ކާތާ ކަމަށް އޭނާ ވަނީ ބުނެފަ އެވެ. އެއީ ހަންގަނޑު ރީތިވުމުގެ ސިއްރެއް ކަމަށް ވެސް ބުންޏެވެ.
އޯޓަކީ ސިއްހަތަށް ވަރަށް ފައިދާ ލިބޭ އެއްޗެކެވެ. އެގޮތުން ހަންގަނޑަށް ވެސް ފައިދާތަކެއް ލިބޭ އޯޓަކީ ކުރަކިވެފައި ހުންނަ ހަންގަނޑަށް ވަރަށް ރަނގަޅު އެއްޗެކެވެ. އަދި ހަންގަނޑު ތެޔޮވާނަމަ އެކަމުގެ ހައްލަކަށް ވެސް އޯޓްސް ބޭނުންކުރެވިދާނެ އެވެ.