ads
ފިޝަރީޒް މިނިސްޓްރީގެ ޑިރެކްޓާ ކޮމިއުނިކޭޝަން އަހްމަދު ފަޒީލް
ޖިންސީ ފުރައްސާރާގައި ފަޒީލް މަގާމުން ސަސްޕެންޑް ކޮށްފި
ޖިންސީ ފުރައްސާރާގެ މައްސަލާގައި ފިޝަރީޒް މިނިސްޓްރީގެ ޑިރެކްޓާ ކޮމިއުނިކޭޝަންގެ މަގާމުގައި ހުންނެވި އަހުމަދު ފަޒީލް މަގާމުން ސަސްޕެންޑް ކޮށްފިއެވެ.

މިމައްސަލައާ ގުޅިގެން ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު ވިދާޅުވީ، ފަޒީލްގެ މައްޗަށް ޖިންސީ ފުރައްސާރައިގެ ތުހުމަތުތަކެއް އޮތުމުން އޭނާ މަގާމުން ދުރުކޮށްފައިވާ ކަމަށެވެ. އަދި އެ މައްސަލަ މިހާރު ތަހުގީގު ކުރަމުން ދާ ކަމަށް ވިދާޅުވި އެވެ.

މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމްއާރުއެމް) ސްލޮޓެއްގައި ފިޝަރީޒް މިނިސްޓްރީގެ މަގާމެއްގައި ހުރި ފަޒީލަށް ޖިންސީ ފުރައްސާރައިގެ ތުމަތުތައް ކުރެވި އެ މައްސަލަ ބަލައި ނިމެންދެން އޭނާ މަސައްކަތުން އެކަހެރިކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާގެ އަރިހުން އެޕާޓީއިން ވަނީ އިއްޔަގެ ވަގުތެއްގައި އެދިފައެވެ. 

މިކަމާއި ގުޅިގެން އެމްއާރުއެމް އިިން ކޮށްފައިވާ ޓްވީޓެއްގައި ބުނީ ޖިންސީ ފުރައްސާރަ އާއި އަނިޔާ ފަދަ ކުށްތަކަކީ އެ ޕާޓީން އެއްވެސް ވަރަކަށް ބަލައިގަންނާނެ ކަމެއް ނޫން ކަމަށެވެ.  

މި ދުވަސްވަރަކީ ސަރުކާރުގެ އެކި މަގާމުތަކުގައި ތިބޭ ފަރާތްތައްް ތުހުމަތުކޮށް ޖިންސީ ފުރައްސާރައާއި ޖިންސީ ގޯނާ ކުރި ކަމުގެ މައްސަލަތައް ތިލަވަމުން އަންނަ ދުވަސްވަރެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް