ads
ގުޅީފަޅުން ފްލެޓު ގަތުމަށް ފައިސާ ދެއްކި ފަރާތްތަކަށް ބަދަލު ދިނުމަށް އެއްބަސްވުމުގައި ސޮއިކުރަން ފަށައިފި
ގުޅީފަޅުން ފްލެޓު ގަންނަން ފައިސާ ދެއްކި މީހުންނަށް ބަދަލު ދިނުމަށްޓަކައި އެމީހުންނާއި އެކު އެއްބަސްވުމެއްގައި ސޮއި ކުރުމުގެ މަސައްކަތް މިހާރު ކުރެވެމުންދާކަމަށް މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގް، ހައުސިން އެންޑް އިންފްރާސްޓަރަކްޗާ އިން ބުނެފި އެވެ.

މިނިސްޓްރީން މިއަދު ބުނީ ގުޅީފަޅުން ފްލެޓު ގަތުމަށް ފައިސާ ދެއްކި ފަރާތްތަކަށް ބަދަލު ދިނުމަށް އެގްރީމަންޓްތަކުގައި ސޮއިކުރުމުގެ މަސައްކަތް މިހާރު ކުރެވެމުން ދާ ކަމަށެވެ. އަދި މި ހަފްތާގެ ބުރާސްފަތި ދުވަހުގެ ނިޔަލަށް އެ މަސައްކަތް މިނިސްޓްރީގައި ކުރިއަށްދާނެ ކަމަށްވެސް ބުނެފައި ވެއެވެ.

ގުޅީފަޅުގައި މީހުން ދިރުއުޅުމަށް ގެދޮރު ގަތުމުގެ އެކި މަރުހަލާތަކުގައި 140 މީހަކު ޝާމިލް ވެފައިވާ ކަމަށް މީގެ ކުރިން ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެފައި ވެއެވެ. އަދި އެފަރާތްތަކުގެ ތެރެއިން ބައެއް މީހުން ޑައުންޕޭމެންޓުގެ އިތުރުން ވެސް ފައިސާ ދައްކާފައިވާ ކަމަށް ވަނީ ވިދާޅުވެފައި ވެއެވެ.

އެހެންނަމަވެސް ގުޅީފަޅުން ހައުސިން ޔުނިޓު ގަތުމަށް މަސައްކަތްކޮށް ނާކާމިޔާބުވި ފަރާތްތަކަށް ބަދަލުގެ ގޮތުގައި މިއަހަރު ނިމުމުގެ ކުރިން ހައުސިންގް ޔުނިޓެއް ލިބޭނެ ގޮތް ހަމަޖައްސައިދޭނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވެފައިވެ އެވެ.

މީގެ އިތުރުން އެ ފަރާތްތަކަށް ސަރުކާރުން ބަދަލު ދޭން ނިންމާފައިވާ ގޮތްތަކުގެ ތެރޭގައި ހައުސިން ޔުނިޓު ގަނެވޭނެ އިތުރު ގޮތްތަކާއި ބަދަލުގެ ގޮތުގައި ފައިސާ ދިނުން އަދި އާ ހައުސިން ޔުނިޓެއް ގަންނައިރު އެތަނުގެ އަގުން ގުޅީފަޅުން ހައުސިން ޔުނިޓު ގަތުމަށް ކޮށްފައިވާ ހަރަދުން އުނިވާ ގޮތަށް ހަމަޖައްސައިދިނުމަކީ ސަރުކާރުން ނިންމާފައިވާ ކަމެއް ކަމަށް އަސްލަމް ވިދާޅުވެފައި ވެއެވެ.

ގުޅީފަޅުގައި ފްލެޓްތައް އަޅާފައި ވަނީ 2010 ވަނަ އަހަރު، ރައީސް ނަޝީދުގެ ވެރިކަމުގަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް