ads
ކޮވިޑް ޖެހިފައިވާ މަންމަ ދެކިލަން ހޮސްޕިޓަލު ކުޑަ ދޮރު މަތީގައި--
ކޮވިޑް ޖެހިފައި އޮތް މަންމަ ދެކެން ދަރިއަކު ކޮންމެ ރެއަކު ހޮސްޕިޓަލު ކުޑަ ދޮރު ކައިރީ!
ސޯޝަލް މީޑިއާގައި އާންމުވެފައިވާ ފޮޓޯއަކުން ފެނިގެންދަނީ ފިރިހެނަކު ލައްޕާފައި އިން ކުޑަ ދޮރެއްގެ ކައިރީގައި އިށީންދެލައިން އިން މަންޒަރެވެ.

ހިއުމަން ރައިޓްސް އެކްޓިވިސްޓެއްގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަ މުހައްމަދު ސަފާ ސޯޝަލް މީޑިއާގައި ހިއްސާކުރި މި ފޮޓޯގެ ކެޕްޝަނުގައި ވަނީ އެ ތަނުގައި އެމީހާ އިށީންދެގެން ސަބަބު ކިޔައިދީފަ އެވެ. 

އެއީ ޕަލަސްތީނު، އަންހެނެއްގެ ދަރިއަށް ކަމަށާއި އެ ފިރިހެން މީހާ އެތަނުގައި އިނީ، ކޮވިޑް-19 ޖެހިފައިވާ އޭނާގެ މަންމަ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައި އޮތުމުން ކަމަށް ވަނީ ބުނެފަ އެވެ. 

އެގޮތުން މަންމަ، ބާއްވާފައި އޮތް ވޯޑާއި ދިމާލުން ކުޑަ ދޮރެއްގެ ކައިރީގައި ފިރިހެން ދަރި އިށީންދެގެން އިން އިރު މަންމަ މަރުވަންދެން ކޮންމެ ރެއަކު ވެސް އެ ފިރިހެން ދަރި އެތަނުގައި މަންމަ ދެކިލަން އައިސް އިންނަ ކަމަށް އޭނާ ވަނީ ބުނެފަ އެވެ.

ދުނިޔޭގައި ހަލުވިކަމާއެކު ކޮވިޑް-19 ފެތުރެމުން އަންނައިރު މިހާތަނަށް ޕަލަސްތީނުން ވަނީ 9500 އަށް ވުރެ ގިނަ މީހަކަށް ކޮވިޑް ޖެހިފަ އެވެ. އަދި 60 އަށް ވުރެ ގިނަ މީހުން ބަލީގައި މަރުވެފައިވެ އެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް