އިސްލާމިކް މިނިސްޓްރީން ބުނާ ގޮތުގައި ކޮވިޑްއަށް ޕޮޒިޓިވް ކޭސްތަކެއް ފެނިފައި ވަނީ މަސްޖިދް ސުލްތާން ހަސަން އިއްޒުއްދީން އާއި މަސްޖިދް ސުލްތާން މުހައްމަދު އިމާދުއްދީންގެ އިތުރުން މަސްޖިދު އަފީފުއްދީނުންނެވެ.
އެގޮތުން އެ ތިން މިސްކިތް ޑިސްއިންފެކްޓް ކުރުމުގެ މަސައްކަތް މާލޭ ސިޓީ ކައުންސިލުން މިހާރު ކުރަމުން އަންނައިރު އެ މަސައްކަތް ނިމުމާއެކު ތިން މިސްކިތް ވެސް ހުޅުވާނެ ކަމަށް މިނިސްޓްރީން ބުނެ އެވެ.
ކޮވިޑް-19 އާ ގުޅިގެން މާލޭ ސަރަހައްދުގެ މިސްކިތްތައް ބަންދުކުރުމަށް ފަހު އަލުން ޖަމާއަތުގައި ނަމާދުކުރަން ފަށާފައި ވަނީ މިމަހުގެ އެއް ވަނަ ދުވަހެވެ.