ads
ޕީޖީ ހުސައިން ޝަމީމް--
ލޮކްޑައުންއާ ހިލާފުވި މީހުންނަށް ދައުވާ ނުކުރަން ނިންމައިފި
ކޮވިޑް-19 އާ ގުޅިގެން އިއުލާންކުރި ލޮކްޑައުންއާ ހިލާފުވެގެން ޝަރުއީ ކޯޓުތަކަށް ހުށަހެޅި ޖިނާއީ ހުރިހާ ދައުވާތައް އަނބުރާ ފުލުހުންނަށް ފޮނުވާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ޕީޖީ އޮފީހުން ބުނެފި އެވެ.

ޕީޖީ އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ ކޮވިޑް-19 އާ ގުޅިގެން ހެލްތް ޕްރޮޓެކްޝަން އޭޖެންސީން ނެރުނު ލޮކްޑައުންއާ ހިލާފުވެގެން ދައުވާ ކޮށްފައިވާ މައްސަލަތަކާއި އެ އަމުރާ ހިލާފުވެގެން ދަޢުވާ ކުރުމަށް ފުލުހުންގެ ފަރާތުން ޕީޖީ އޮފީހަށް ހުށަހަޅާފައިވާ މައްސަލަތަކާ ގުޅިގެން ގާނޫނުއަސާސީގެ 223 ވަނަ މާއްދާގެ (ހ)، (ކ) އަދި އެމާއްދާގެ (އ) ގެ ދަށުން ލިބިގެންވާ ބާރުގެ ދަށުން ނިންމުންތަކެއް ނިންމާފައިވާ ކަމަށެވެ. 

އެގޮތުން ލޮކްޑައުން އަމުރާއި ހިލާފުވެގެން ދައުވާކޮށް ޝަރުއީ ކޯޓުތަކަށް ހުށަހަޅާފައިވާ މައްސަލަތައް އިތުރަށް ކުރިއަށް ނުގެންދިއުމަށް ނިންމައި، މައްސަލަތައް އަނބުރާ ގެނެސް ފުލުހުންނަށް އަނބުރާ ފޮނުވާލުމަށައި އެ މައްސަލަ ފުލުހުން ތަހުގީގުކޮށް އެ އޮފީހަށް ހުށަހަޅާފައިވާ މައްސަލަތަކުގައި ދައުވާ ނުކުރުމަށް ނިންމައި މައްސަލަތައް އަނބުރާ ފޮނުވާލުން ހިމެނެ އެވެ. 

އަދި ލޮކްޑައުންއާ ހިލާފުވެގެން ކޮށްފައިވާ ޖޫރިމަނާ ތަންފީޒުކޮށް އެފައިސާ ހޯއްދެވުމަށް ދައުލަތުން ކުރަންޖެހޭ ކަންކަން ކުރުމަށް، ދައުލަތުގެ މުއައްސަސާތަކަށް އަންގާނެ ކަމަށް ވެސް ބުނެފައިވެ އެވެ. 

އޭގެ އިތުރުން އެ މައްސަލަތަކުގައި ދަޢުވާ ނުކުރުމަށް ޕްރޮސިކިއުޓާ ޖެނެރަލް ނިންމާފައި ވަނީ ލޮކްޑައުންއާ ހިލާފުވެގެން ފިޔަވަޅު އެޅޭ ހަމަ ހުރިހާ މީހުންނާމެދު ހަމަހަމަ އުސޫލަކުން އަމަލުކުރުމަކީ ދުސްތޫރީ ގޮތުން ލާޒިމުކަމެއްކަމަށްވާތީ އާއި، ލޮކްޑައުންއާ ހިލާފުވި މީހުންގެ ތެރޭގައި، އެކި އެކި ސަބަބުތަކާހުރެ، މާލޭގައި ތާށިވެފައިތިބި މީހުން ތިބިއިރު، އެމީހުން ލޮކްޑައުން އަމުރާ ހިލާފުވާންޖެހުނު މަގްބޫލު ސަބަބުތަކެއް ހުރިކަމަށް ގަބޫލުކުރެވޭ ސަބަބުތަކެއް ހުރުމުން ކަމަށް ޕީޖީ އޮފީހުން ބުނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް