ads
ޑިފެންސް މިނިސްޓްރީގެ އިސްވެރިން މަޖިލީހުގެ ކޮމެޓީގައި--
ބިދޭސީންގެ އަމަލުތަކުން ފެންނަނީ ބޭރުބަޔަކު ރާއްޖެ ހިފާފައިވާ ފަދަ މަންޒަރެއް: ޝަމާލް
ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންގެ ފަރާތުން ފެންނަ އަމަލުތަކަކީ ބޭރުގެ ބަޔަކު ގައުމަށް އަރައި ހިފާފައި އޮންނަ ގައުމަކުން ފެނިގެންދާނެ ފަދަ އަމަލުތަކެއް ކަމަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖަ ޖެނެރަލް އަބްދުﷲ ޝަމާލް މިއަދު ވިދާޅުވެއްޖެ އެވެ.

ބިދޭސީންގެ މައްސަލަ އާއި ގުޅިގެން ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކާއި ބެހޭ ކޮމެޓީގައި މިއަދު ވާހަކަ ދައްކަވަމުން ޝަމާލް ވިދާޅުވީ ރާއްޖޭގައި ދެ ލައްކައަށް ވުރެ ގިނަ ބިދޭސީން އުޅޭއިރު 179،954 މީހުންނަކީ ރަޖިސްޓްރީ ކޮށްގެން އުޅޭ ބައެއްކަމާއި 66،000 މީހުންނަކީ ރަޖިސްޓްރީ ނުކޮށް އުޅޭ ބައެއް ކަމަށެވެ.

ރާއްޖޭގެ ޒުވާން އާބާދީއަށް ވުރެ ބިދޭސީންގެ ގިނަވެފައިވުމަކީ ގައުމަށް އޮތް ބޮޑު ނުރައްކަލެއްކަން ފާހަގަކުރައްވާ ޝަމާލް ވިދާޅުވީ ބިދޭސީންގެ މައްސަލަ މީގެ ކުރިން ސަމާލުކަމަށް ގެނައި ނަމަވެސް އެކަމަށް އެކަށީގެންވާ ފިޔަވަޅެއް އަޅާފައި ނުވާ ކަމަށެވެ. އެގޮތުން ގަައުމީ ސަލާމަތީ ކައުންސިލުގައި އެމީހުންނާއި މެދު އަމަލުކުރާނެ ގޮތަކާއި މެދު މަޝްވަރާތައް ކުރެވުންކަން ވެސް ފާހަގަކުރެއްވި އެވެ.

ޝަމާލް ވިދާޅުވީ މި ޒަމާނަކީ އެއް ގައުމުން އަނެއް ގައުމަށް ހަތިޔާރު ހިފައިގެން އަރާއި ޒަމާނެއް ނޫން ކަމަށާއި ބޭރުގެ އެއް ގައުމަކުން، އެތައް ބަޔަކު އައިސް، އެމީހުންގެ އަމަލުތަކުން ފެނިގެންދަނީ ބޭރުގެ އިސްތިއުމާރީ ބާރަކުން ގައުމަކަށް އަރައި ހިފިޔަސް ފެންނަން ފަދަ ކަންކަން ކަމަށެވެ. 

މިކަމާއި ގުޅިގެން ޝާމިލް ވިދާޅުވީ ރާއްޖޭގެ މަޝްހޫރު ބޮޑެތި ކުންފުނިތަކުގައި ވެސް ގަވާއިދާ ހިލާފަށް އުޅޭ މީހުން ލައްވައި މަސައްކަތް ކުރުވަމުން ކަމަށެވެ.

އަދި ޝާމިލް އިތުރަށް ވިދާޅުވީ ރާއްޖޭގެ ބޮޑެތި ޕްރޮޖެކްޓުތައް ހަ އަހަރަށް ކުރިއަށް ގެންދެވޭ ވަރަށް ލޭބަރުން އެތެރެވެފައިވާ ކަމަށް ގަބޫލުކުރައްވާ ކަމަށާއި އެ މީހުން ރަޖިސްޓްރީކޮށް، ކުންފުނިތަކުގައި މަސައްކަތް ކުރުވުން ރަނގަޅު ކަމަށެވެ.

މިއަދު ބޭއްވި ބައްދަލުވުމުގައި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވެސް ވަނީ ބިދޭސީން ރާއްޖޭގައި މިހާރު މި ހިންގަމުން އަންނަ ހަމަނުޖެހުންތަކަކީ އެމީހުންނަށް ހައްގުތަކެއް ނުލިބިގެން ހިންގަމުން އަންނަ އަމަލުތަކެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށާއި އެކަމުގައި ފޮރުވިފައިވާ ކަންކަން ހުރި ކަމަށް ގަބޫލުކުރައްވާ ކަމަށް ވެސް ވިދާޅުވެފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް