މި މަޝްވަރާތައް ކޮށްފައި ވަނީ ޖުލައި 20 ވަނަ ދުވަހު ބޭއްދި އޭއެސްސީ ގެ 30 ވަނަ އެގްޒެކެޓިމް ކޮމިޓީ ބައްދަލުވުމުގަ އެވެ.
އެ ބައްދަލުވުމުގައި ރާއްޖޭގެ ޝޫޓިން އެސޯސިއޭޝަންގެ ފަރާތުން ބައިވެރިވެވަޑައިގެންފައި ވަނީ އެ އެސޯސިއޭޝަންގެ ރައީސް މޭޖާ ޖެނެރަލް (ރޓ) މުހައްމަދު ޒާހިރު އެވެ.
ޝޫޓިން އެސޯސިއޭޝަން އިން މައުލޫމާތުދޭ ގޮތުގައި ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ބޭއްވި އެ ބައްދަލުވުމުގައި އޭއެސްސީގެ އީ-ލާނިން ކޯސްތަކުގެ އިތުރުން ޓޯކިއޯ އޮލިމްޕިކްސް ބާއްވާ ތާރީހަށް ގެނެވުނު ބަދަލާ ގުޅޭގޮތުންވެސް ބައްދަލުވުމުގެ ބައިވެރިން ވަނީ މަޝްވަރާކޮށްފަ އެވެ.
އޭގެ އިތުރުންވެސް މުހިންމު ގިނަ ކަންކަމާ ގުޅޭ ގޮތުން އެ ބައްދަލުވުމުގައި މަޝްވަރާކުރެވުނު ކަމަށް ޝޫޓިން އެސޯސިއޭޝަން އިން ބުނެ އެވެ.
އޭއެސްސީގެ އެ ބައްދަލުވުމުގައި އެ އެސޯސިއޭޝަންގެ ރައީސް އާއި ނައިބު ރައީސް، ސެކްރެޓަރީ ޖެނެރަލް އަދި ކޮމެޓީތަކުގެ ޗެއާމަނުން ވަނީ ބައިވެރިވެފަ އެވެ. އެ ބައްދަލުވުން ކުރިއަށް ގެންގޮސްފައި ވަނީ ކުވެއިތުގައި ހުންނަ ހެޑްކުއާޓާސް މެދުވެރިކޮށެވެ.