ads
ހަސަން، ރިލްވާން އަދި ޖޭއެސްސީގެ ރައީސް ހިސާން
ހަސަން އިސްތިއުފާ ދިނީ ރިލްވާން މައްސަލައިގައި މިއަދު ޖަވާބުދާރީންވާން އަންގާފައިވަނިކޮށް
ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަގާމުން، ހަސަން އަލީ މިއަދު އިސްތިއުފާ ދެއްވީ، ވަގަށް ނަގާ މަރާލާފައިވާ ނޫސްވެރިޔާ އަހްމަދު ރިލްވާނުގެ މައްސަލައިގާ ހިންގި ތަހުގީގަށް މިއަދު ޖަވާބުދާރީވާން އަންގާފައިވަނިކޮށް ކަމަށް ޖޭއެސްސީން ބުނެފިއެވެ.

ޖޭއެސްސީން މިއަދު ބުނީ، ހަސަން އަލީ މަގާމުން އިސްތިއުފާ ދެއްވީ، އެ ކޮމިޝަނުގެ ތަހުގީގުގެ ފަހު އަޑުއެހުމަށް ހާޟިރުވުމަށް އިއްޔެ އަންގާފައިވަނިކޮށް ކަމަށެވެ. ޖޭއެސްސިން ހަސަން އަންގާފައިވަނީ މިއަދު އެ ކޮމިޝަނުގެ ތަހުގީގަށް ހާޟިރުވެ ޖަވާބުދާރީ ވުމަށެވެ. 

ހަސަން މިއަދު މަގާމުން އިސްތިއުފާ ދިން އިރު، މި ދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުން ފެށިގެން ހަސަން ހުރީ ސަސްޕެންޑްކޮށްފައެވެ. ސަސްޕެންޝަނުގައި 10 މަސް ދުވަހު ހުރި އިރު، ހަސަނަށް މުސާރައާއި އިނާޔަތްތަކާއި އެކު ބައި މިލިއަނެއްހާ ރުދިޔާ ދައުލަތުން ދީފައިވެއެވެ.

ޙަސަން ޢަލީއަކީ ޝަރީޢަތާއި ޤާނޫނުގެ ރޮނގުން ތަޢުލީމު ޙާޞިލު ކުރައްވައިގެން ހުންނެވި ބޭފުޅެކެވެ. ހަސަންވަނީ ކުރިން އިމިގްރޭޝަން ކޮންޓްރޯލަރ ކަމުގެ އިތުރުން އާސަންދަ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރުކަންވެސް ކޮށްފައެވެ. ޙަސަންވަނީ ކުރިން ދިވެހިރާއްޖޭގެ ހައިކޯޓުގެ ރެޖިސްޓްރާކަމުގެ މަގާމުވެސް ފުރުއްވާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް