ads
ދިރާގު ހެޑް އޮފީސް---
ދިރާގު ޓީވީ އާއި ފައިބާ ބްރޯންޑްބޭޑް ހިދުމަތް މާވަށުން ލިބޭނެ
ދިރާގު ޓީވީގެ ހިދުމަތާއި ދިރާގުގެ ހައިސްޕީޑް ފައިބާގެ ހިދުމަތް ލ. މާވަށުގައި ރަސްމީކޮށް އިފްތިތާހްކޮށްފި އެވެ.
Advertisement

ދިރާގުން ބުނީ މާވަށުގެ ކަސްޓަމަރުންނަށް މިހާރު ދިރާގު ފައިބާ ބްރޯޑްބޭންޑްގެ ހުރިހާ ޕްކޭޖެއް ތަޖުރިބާ ކުރެވޭނެ ކަމަށެވެ. 

އެކުންފުނީގެ ފައިބާ ބްރޯޑްބޭންޑްގައި ކަސްޓަމަރުންނަށް ތަފާތު އަގުތަކުގައި އަދި ޑޭޓާ އެލަވަންސްތައް ހިމެނޭ ގިނަ ޕެކޭޖްތަކެއް ހިމެނޭނެ ކަމަށާއި މިއީ ވީހާވެސް ގިނަ ކަސްޓަމަރުންގެ ބޭނުންތަކަށް ބަލައި، ވީހާވެސް ގިނަ ޕެކޭޖްތަކުން އިހްތިޔާރު ކުރުމުގެ ފުރުސަތު ހުޅުވާލުމުގެ ގޮތުން ކަމަށް ދިރާގުން ބުނެ އެވެ. އަދި ރާއްޖޭގެ ގޭބިސީތަކަށް ފޯރުކޮށްދޭ އެންމެ ގިނަ ޑޭޓާ އެލަވަންސް ހިމެނޭ ޕެކޭޖްވެސް ދިރާގު ފައިބާ ބްރޯޑްބޭންޑް އިން ލިބިގެންދާނެ ކަމަށް އެކުންފުނިން ފާހަގަކުރެ އެވެ.  

ފައިބާ ބްރޯޑްބޭންޑަކީ ބްރޯޑްބޭންޑް ހިދުމަތް ފޯރުކޮށްދިނުމަށް ބޭނުންކުރެވޭ އެންމެ ފަހުގެ ޓެކްނޮލޮޖީ އެވެ. ދިރާގު ފައިބާ ބްރޯޑްބޭންޑް ހިދުމަތަކީ ރާއްޖޭގައި މިހާރު ފޯރުކޮށްދެމުންދާ އެންމެ ގިނަ އެލަވަންސް އަދި އެންމެ މަތީ ސްޕީޑްގެ ޕެކޭޖްތައް ހިމެނޭ ރާއްޖޭގެ އެންމެ ބޮޑު ފައިބާ ނެޓްވޯކް އެވެ. 

އެގޮތުން ރާއްޖޭގެ ގޭބީސީ ތަކުގެ 75 އިންސައްތަ އަށް އެ ހިދުމަތް ދިރާގުން ފޯރުކޮށްދޭ އިރު، އޭގެ ތެރޭގައި ރާއްޖޭގެ 60 ރަށެއް ހިމެނެ އެވެ.

ދިރާގު ސީނިއާ މެނޭޖާ ބްރޭންޑް އެންޑް މާކެޓިން ކޮމިއުނިކޭޝަންސް މުހައްމަދު މިރްޝާން ހަސަން ވިދާޅުވީ ދިރާގުގެ އަމާޒަކީ އަބަދުވެސް ކަސްޓަމަރުންނަށް އިތުބާރު ހިފޭ ރަނގަޅު ހިދުމަތެއް ފޯރުކޮށްދީ، ވީހާވެސް ގިނަ ރަށްތަކަށް ދިރާގު ހައިސްޕީޑް ފައިބާ އިންޓަނެޓް ފޯރުކޮށްދިނުން ކަމަށެވެ.

ދިރާގު ޓީވީގެ ހުރިހާ ޗެނަލަކާއި އޮން-ޑިމާންޑްގެ ކޮންޓެންޓްތައް އަގާއި ކޮލިޓީގެ އެއްވެސް ތަފާތެއްނެތި މާވަށުގެ ރައްޔިތުންނަށް މިހާރު ބަލާލެވޭ އިރު، ދިރާގު ޓީވީ އަކީ ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި ފޯރުކޮށްދޭ އައިޕީޓީވީގެ ހިދުމަތެވެ. ދާދިފަހުން ދިރާގު ޓީވީއަށް ވަނީ ދިވެހިންގެ މެދުގައި އެންމެ މަގުބޫލު އެއް ނެޓްވޯކް ކަމަށްވާ "ސްޓާ" ނެޓްވޯކްގެ ޗެނަލްތައްވެސް ތައާރަފްކޮށްފަ އެވެ.

ދިރާގު ޓީވީ އަކީ ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި ފޯރުކޮށްދޭ އަދި އެންމެ ފުރަތަމަ އައިޕީޓީވީގެ ހިދުމަތެވެ. ކޮންޓެންޓް، ކޮލިޓީ އަދި އަގުގައި އެއްވެސް ތަފާތު ކުރުމެއްނެތި ރާއްޖޭގެ %73 ގޭބިސީއަށް މިހާރު ޓީވީ ހިދުމަތް ދިރާގުން ފޯރިކޮށްދޭ އިރު، ދިރާގުޓީވީ ގައި މިހާރު 100 އަށް ވުރެ ގިނަ ޗެނަލް ހިމެނޭނެ އެވެ.

ދިރާގު ޓީވީ ރާއްޖޭގެ 53 ރަށަކަށް ފޯރުކޮށްދޭ އިރު، އޭގެ ތެރޭގައި ފިކްސްޑް ބްރޯޑްބޭންޑް ހިދުމަތް ނެތް ރަށްތަކަށްވެސް ޕްރައިވެޓް ނެޓްވޯކްތަކާ ގުޅިގެން ދިރާގުން އެ ހިދުމަތް ފޯރުކޮށްދެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް