ލެޕްޓޮޕެއް ވަގަށް ނަގައިގެން ސަފްވާން ހައްޔަރުކޮށް 10 ދުވަހަށް ބަންދުގައި ބަހައްޓަންވަނީ މުއްދަތު ޖަހާފައެވެ. 10 ދުވަހަށް މުއްދަތު ޖެހިއިރު، ސަފްވާންގެ މައްޗަށް މި ފަހަރު ތުހުމަތު ކުރަނީ، ވައްކަން ކުރުމާއި އެހެން މީހެއްގެ މުދަލަށް ހުއްދަ ނޫން ގޮތެއްގައި ބާރު ހިންގުމުގެ ކުށުގެ ތުހުމަތެވެ.
ރެކޯޑްތަކުން ދައްކާ ގޮތުގައި ސަފްވާންއަކީ އެކިއެކި މައްސަލަތަކުގައި 100 އަށްވުރެ ގިނަ ފަހަރު ހައްޔަރުކޮށް މުއްދަތު ޖަހާފައިވާ މީހެކެވެ.
މީގެ ކުރިން އޭނާ ހައްޔަރުކޮށްފައިވާ ކަންކަމުގެ ތެރޭގައި، ބިދޭސީއެއްގެ އަތުން ފޭރުނު މައްސަލައަކާއި، ޓްރިމަރަކާއި ފަސް ފޮށި ގަލަން ވަގަށް ނެގި މައްސަލައެއް ހިމެނެއެވެ.