މިދިޔަ އަހަރުގެ އޭޕްރީލް މަހު ރަޖިސްޓްރީކުރި ޕީއެންއެފްގެ ފުރަތަމަ އިންތިހާބު މި ބާއްވަނީ، ޕާޓީގެ ގައުމީ ޖަލްސާއާ އެކު މި މަހުގެ 30ގަ އެވެ.
އިންތިހާބު ކުރުމަށް ހަމަޖެހިފައިވާ މަގާމުތައް:
މި މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު މި މަހުގެ 23 ވަނަ ދުވަހުގެ އިރުއޮއްސި 6 ޖެހުމާ ހަމައަށް އޮންނާނެ ކަމަށް އެ ޕާޓީން ބުނެ އެވެ.
އިލެކްޝަންސް ކޮމިޝަނުން ޕީއެންއެފް ރަޖިސްޓްރީކޮށްދިނީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ 25 ގަ އެވެ. އެ ޕާޓީގެ ވަގުތީ ރައީސަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ދަރިކަލުން ޒޭން އަބްދުﷲ ޔާމީނެވެ.
ޔާމީނާއި އެމަނިކުފާނުގެ އަރިސް ބޭފުޅުން ގެންދަވަނީ ޕީއެންއެފްގެ އޮފީހުގައި ސިލްސިލާކޮށް ހަފުތާއަކު ދެ ދުވަހު ޖަލްސާ ބާއްވައި، އެކި ކަންކަމުގައި މި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ.