ads
މައުމޫން ހަމީދު--
ގާނޫނަށް ގެނައި ބަދަލާއެކު ވަކީލުންނަށް އިތުރު ތަކުލީފުތަކާ ކުރިމަތިވާނެ: މައުމޫން
ރާއްޖޭގެ ގާނޫނީ ފަންނުގެ ގާނޫނަށް މިހާރު ގެނަސްފައި ހުރި ބަދަލުތަކުގެ ސަބަބުން ވަކީލުކަން ކިޔަވާ ކުދިންނަށް އިތުރު ތަކުލީފުތަކާ ކުރިމަތިލާން ޖެހޭނެ ކަމަށް ބާ ކައުންސިލްގެ ރައީސް މައުމޫން ހަމީދު ވިދާޅުވެއްޖެ އެވެ.

މައުމޫން ހަމީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ މިހާރު ގެނެސްފައިވާ ބަދަލުގެ ސަބަބުން ގާނޫނީ ވަކީލު ކަމުގެ ހުވާ ކުރުމުގެ ފުރުސަތު ލިބޭ ފަރާތްތަކުން ދެ މަރުހަލާއެއްގައި އިމްތިހާނު ކުރަން ޖެހޭ ކަމަށާއި މިކަމުގެ ސަބަބުން އެ ފަރަތްތަކަށް އިތުރު ތަކްލީފުތަކާ ކުރިމަތިލާން ޖެހޭނެ ކަމަށެވެ.

ބިލަށް އިތުރު ކުރެވުނު މި އިސްލާހުތަކަކީ ގިނަ މަޝްވަރާތަކެއް ކުރެވިފައިނުވާ އިސްލާހުތަކެއް ކަމަށާއި މިއީ މިހާރު ދަސްވެނިވާ ދަރިވަރުންނަށް ހަމަހަމަ ގޮތެއް ނޫން ކަމަށް ވެސް މައުމޫންގެ ޓްވީޓްގައިވެ އެވެ. 

މައުމޫން އިތުރަށް ވިދާޅުވެފައި ވަނީ އެންމެ ފުރަތަމަ ބިލަށް އިސްލާހު ގެނައުމަށް ހުށައެޅުމުން ދަސްވެނިވެފައިވާ ދަރިވަރުންނަށް ލަސްނުކޮށް ލައިސަންސް ދޫކުރުމަށް ތާއިދުކުރާ ކަމަށް ބުނެ އެ ބިލަށް އޭރު ގެނެސްފައިވާ އިސްލާހުތަކަށް ބާ ކައުންސިލުން ވެސް ތާއިދުކުރާ ކަމަށް ރައްޔިތުންގެ މަޖިލީހުގައި ބުނެފައިވާނެ ކަމަށެވެ. 

އެހެން ނަމަވެސް މަޖިލީހުގެ ކޮމިޓީގެ މަޝްވަރާތަކަށް ފަހު މިހާރު ގެނެސްފައިވާ ބަދަލުތަކުގެ ސަބަބުން އިތުރު ދަތިތަކާ ކުރިމަތިވާނެތި އެ އިސްލަހުތައް އުނިކުރުމަށް ބާ ކައުންސިލުން އެދިފައި ވާނެ ކަމަށް މައުމޫން ވިދާޅުވި އެވެ.

ބާ ކައުންސިލުން ރައްޔިތުންގެ މަޖިލީހަށް ފޮނުވި ސީިޓީގައި އެ ކައުންސިލުން ވަނީ ބިލުގައި ބަޔާންކޮށްފައިވާ ހާއްސަ އުސޫލުގެ ދަށުން ގާނޫނީ ވަކީލު ކަމުގެ ހުވާ ކުރަން ފުރުސަތު ލިބޭ ފަރާތްތައް، ބާ ކައުންސިލުން އެންމެ އަވަހަށް ބާއްވާ އިމްތިހާނެއްގައި ބައިވެރިވުން ލާޒިމްކުރި ނަމަވެސް، އިމްތިހާނުގައި ބައިވެރިވެ ފާސްނުވާ ފަރާތްތަކަށް ވާނެ ގޮތެއް ބަޔާންކޮށްފައި ނުވާކަމަށް ވަނީ ފާހަގަކޮށްފަ އެވެ. އަދި ދިމާވާ ސަބަބަކާއި ހުރެ އިމްތިހާނުގައި ބައިވެރިނުވެވޭ ފަރާތްތަކަށް ވާނެ ގޮތެއްވެސް ހިމެނިފައި ނުވާކަން ސިޓީގައިވެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް