ads
ދިޕިކާ އާއި ޕްރަބާސް
ޕްރަބާސް އާއި އެކު މަސައްކަތްކުރާ ފިލްމުން ދިޕިކާ އެންމެ އަގުބޮޑު އަންހެން ތަރިއަށް!
އެންމެ އަގުބޮޑު އަންހެން އެކްޓްރެސް އަށް ދިޕިކާ ޕަޑުކޯން ވެއްޖެ އެވެ.
Advertisement

ނަގް އަޝްވިންގެ އާ ފިލްމު، ޕްރަބާސް21 އިން ދިޕިކާ ޕަޑުކޫން ފެނިގެންދާނެ ކަމަށް ބުނެފައި ވާއިރު، އެ ފިލްމު އޭނާ ކުޅެނީ 20 ކްރޯޑް ރުޕީސް އަށެވެ. 

އެ ފިލްމުގައި ދިޕިކާ ފެނިގެން ދާނީ ބާހުބަލީ އިން ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ ތަރި، ޕްރަބާސް އާއި އެކު އެވެ. 

އިންޑިއާގެ ނޫސްތަކުގައި ވާގޮތުން، ދިޕިކާ މިހާރު ދަނީ އޭނާ ފިލްމެއް ކުޅޭ ނަަމަ އޭނާ އާއި އެކު ފެނިގެންދާ ފިރިހެން ތަރިއަށް ލިބޭ އަގު އޭނާއަށް ވެސް ލިބެން ވާނެކަމަށް ބުނެފަ އެވެ. އަދި މިހާތަނަށް އައި އިރު، އެވަރަށް އޭނާ އަށް މަސައްކަތް ކުރެވޭކަމަށް އޭނާ ގަބޫލު ކުރާކަމަށް ވެސް ހަބަރުތަކުގައިވެ އެވެ. 

ދިޕިކާ ވަނީ އޭނާ ޕްރަބާސް އާއި އެކު ފިލްމުން ފެނިގެންދާނެ ކަން އިންސްޓަގްރާމް ގައި ފޭނުންނާ ހިއްސާ ކޮށްފަ އެވެ. 

އެގޮތުން އެ ފިލްމުގެ މަސައްކަތްތައް ފަށަން ކެތްމަދުވެފައި ވާކަމަށް ދިޕިކާ ފާހަގަކުރެ އެވެ. 

ޔޫރަޕްގެ އެކި ސަރަހައްދުތަކުގައި ޝޫޓް ކުރަން ހަމަޖެހިފައިވާ އެ ފިލްމަށް 400 ކްރޯޑް ރުޕީސް ހަރަދުވާނެ ކަމަށް ލަފާކުރެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް