ޒާހިރާ އިސްތިއުފާ ދެއްވުމާއި އެކުގައި އެ މަގާމު މިހާރު ވަނީ ހުސްވެފައެވެ. ޑެޕިއުޓީ ގަވަރުނަރުގެ މަގާމަކީ ރައީސުލްޖުމްހޫރިއްޔާ ނަން ހުށަހެޅުއްވުމުން ރައްޔިތުންގެ މަޖިލީހުގެ ރުހުން ލިބުމުން އައްޔަން ކުރައްވާ މަގާމެކެވެ.
އެމްއެމްއޭގެ ގާނޫނުގައި ވާގޮތުން ޑެޕިއުޓީ ގަވަރުނަރުގެ މަގާމުގައި ހުންނެވޭނީވެސް ދެ ދައުރުއެވެ. 31 އަހަރަށްފަހު ޒާހިރާ އެމަގާމުން ރިޓަޔާ ކުރެއްވިއިރު އޭނާ ވަނީ އެ މަގާމުގައި 6 އަހަރުގެ 2 ދައުރު ފުރިހަމަ ކުރައްވާފައެވެ.
އެމްއެމްއޭ އިން ބުނީ ޒާހިރާ އެމްއެމްއޭ އަށް އިހްލާސްތެރި ކަމާއިއެކު ކޮށްދެއްވި ހިދުމަތަށް ޝުކުރު އަދާ ކުރައްވާ ކަމަށެވެ.
އެމްއެމްއޭ އެންމެ ފުރަތަމަ އުފެދުނީއްސުރެ އެ އިދާރާގައި ޒާހިރާ ވަނީ ހިދުމަތް ކުރައްވާފައެވެ.