ads
ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ ނަޒީރު އަދި ކުރީގެ ޗީފް ހަސަން
ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރަކު ހޯދަން ދެވަނަ ފަހަރަށް އިއުލާނުކޮށްފި
ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓާގެ މަގާމަށް މީހަކު ހޯދުމަށް ޖޭއެސްސީން އަނެއްކާވެސް އިއުލާންކޮށްފިއެވެ. ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރަކީ ޖުޑިޝަރީގެ އިދާރީ އެންމެ އިސްވެރިޔާއެވެ. ސީޖޭއޭ ހޯދަން

ޖޭއެސްސީގެ ގާނޫނަށް މިދިޔަ އަހަރު ގެނައި އިސްލާހު ބުނާގޮތުން ކުރިން ސުޕްރީމް ކޯޓުގެ ދަށުގައި އޮތް ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އުވި އާ ޑީޖޭއޭއެއްވަނީ އުފައްދާފައެވެ. އެހެންނަމަވެސް ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓާގެ މަގާމަށް މީހަކު ކަނޑައަޅަން ދެން އެ މަގާމުގައި ހުންނެވި ބޭފުޅާ އެ މަސްއޫލިއްޔަތު އަދާ ކުރަންވާނެ ކަމަށް އެ ގާނޫނުގައި ބުނެފައިވެއެވެ. ޤާނޫނު އިސްލާހު ކުރިއިރުއްސުރެ މަގާމުގައި ހުންނެވީ ޑރ. އަބްދުﷲ ނަޒީރެވެ.

ޖުޑީޝަލް އެޑްމިނިސްޓްރޭޓަރެއް ހޯދަން އެންމެ ފުރަތަމަ އިއުލާން ކުރީ ހުސްވި އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ. ފަސް އަހަރަށް އައްޔަންކުރާ އެ މަގާމުގެ ޝަރުތަކީ އިދާރީ ހިންގުމުގެ ދާއިރާ އިން ނުވަތަ ގާނޫނީ ދާއިރާއިން މަދުވެގެން 10 އަހަރުގެ ތަޖުރިބާ ހުރުމާއި ސިޔާސީ ޕާޓީއެއްގެ މެމްބަރަކަށް ނުވުމެވެ. ޖުޑީޝަލް އެޑްމިނިސްޓްރޭޓަރަށް މުސާރަ އާއި އިނާޔަތްތަކާ އެކު މަހަކު 47،000 އަށް ވުރެ ގިނަ ރުފިޔާ ލިބޭނެ އެވެ.

ޑރ. ޢަބްދުﷲ ނަޒީރު އަދިވެސް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަގާމުގައި ހުންނެވިއިރު، ކުރިން އެ މަގާމުގައި ހުންނެވި ހަސަން ސަޢީދުވަނީ ރައީސް ޔާމީންގެ ވެރިކަމުގައި ހައްޔަރުކޮށް ޖަލަށްލާފައެވެ. އެހެންނަމަވެސް ހަސަން ސައީދު ހައްޔަރުކުރި މައްސަލަ ފަހުންވަނީ ހައިކޯޓުން ބާތިލުކޮށްފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް