ads
އަހުމަދު އައްސަދު-- ފޮޓޯ: ސަން
ކޮރަޕްޝަނުގެ މައްސަލަތައް ތަހުގީގުކުރަން ދަތިވީ މައުލޫމާތު ނުލިބިގެން: އައްސަދު
ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމަށް ދިމާވި އެންމެ ބޮޑު ގޮންޖެހުމަކީ މައުލޫމާތު ނުލިބުންކަމަށް އެފަދަ މައްސަލަތައް ބެލުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އުފެއްދެވި ރެސެޓް ރިކަވަރީ ކޮމިޝަނުގެ ރައީސް އަހުމަދު އައްސަދު ވިދާޅުވެއްޖެ އެވެ.

އެ ކޮމިޝަނުގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އައްސަދު ވިދާޅުވީ، އެ މަސައްކަތް ކުރުމުގައި ދިމާވި އެންމެ ބޮޑު ގޮންޖެހުމަކީ މައުލޫމާތު ލިބުމުގައި ދިމާވި ދަތިކަން ކަމަށެވެ. 

އެގޮތުން ބިޒްނަޒް ސެކްޓަރުން އެކަން އެންމެ ބޮޑަށް ކުރިމަތިވިކަން ފާހަގަކުރައްވާ، އައްސަދު ވިދާޅުވީ، 2019 ވަަނަ އަހަރުގެ އޮގަސްޓު މަހާ ހަމައަށް ބޭންކް އޮފް މޯލްޑިވްސުން މައުލޫމާތު ފޯރުކޮށްދޭން އިންކާރު ކުރިކަމަށާއި އެކަމަކު ފަހުން މައުލޫމާތުދީފައިވާ ކަމަށެވެ. 

އޭގެ އިތުރުން އައްސަދު ވިދާޅުވީ، މިއަހަރުގެ ފެބްރުއަރީ މަހުން ފެށިގެން އޮފީހަކަށް ވަދެ، މަސައްކަތް ކުރުމުގެ ފުރުސަތު ލިބުން ނަމަވެސް ދަތިތައް ކުރިމަތިވި ކަމަށެވެ. އެގޮތުން މައުލޫމާތު އެއްކުރުމުގައި ދަތިތައް ކުރިމަތިވިކަން ފާހަގަކުރައްވާ ވިދާޅުވީ، އެ މައުލޫމާތު އެއްކުރަނީ އެއް ފަހަރާއި ނޫން ކަމަށެވެ. 

އައްސަދު ވަނީ އިދާރާތަކުން ބައެއް ކަހަލަ ތަފާސްހިސާބުތައް ހޯދުމުގައި ވެސް ގޮންޖެހުންތައް ކުރިމަތިވިކަމަށް ވިދާޅުވެފަ އެވެ. 

އަދި ރާވައިގެން ހިންގޭ ބޮޑެތި ކުށްތައް ކުރަމުން އަންނައިރު އެކަމަށް ހައްލު ހޯދޭ ވަރެއްވުރެ ރާއްޖެ އޮތީ ފަހަތުގައި ކަމަށާއި އެގޮތުން ބޭނުންވާ ހުނަރާއި ތަޖުރިބާ ހުރި މީހުން ވެސް މަދުކަން ފާހަގަކުރެއްވި އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް