ކޮލޮމްބިއާގެ މަޝްހޫރު ޑްރަގް ލޯޑް، ޕަބްލޯ އެސްކޯބާގެ ބޭބެ ލަންބާލެވޭ ރަން ސްމާޓްފޯނެއް މާކެޓަށް ނެރެފި އެވެ.

Advertisement
ކޮލޮމްބިއާގެ މަޝްހޫރު ޑްރަގް ލޯޑް، ޕަބްލޯ އެސްކޯބާގެ ބޭބެ ލަންބާލެވޭ ރަން ސްމާޓްފޯނެއް މާކެޓަށް ނެރެފި އެވެ.
ރޮބާޓޯ އެސްކޯބާ ބުނެފައިވާ ގޮތުގައި 349 އެމެރިކާ ޑޮލަރަށްދޭ އެ ފޯނަކީ ބިންދާލެވޭނެ ފޯނެއް ނޫނެވެ. ސެމްސަންގް ގެލެކްސީ ފޯލްޑާއި ހުއާވޭގެ މޭޓް އެކްސް އާ ވައްތަރު އެ ފޯނަކީ ފަސޭހައިން ލަންބާލެވޭނެ، އެކަމަކު ބިންދާ ނުލެވޭނެ ފޯނެއް ކަމަށް އޭނާ ބުނެ އެވެ.
އެސްކޯބާ ފޯލްޑް 1 ގެ ނަން ދީފައިވާ އެ ފޯނުގެ ޕްރޮމޯޝަން ފޮޓޯތަކުން ފެންނަނީ ފޯނުގެ ޑީފޯލްޓް ބެކްގްރައުންޑުގައި ޕަބްލޯ އެސްކޯބާގެ މޫނެވެ. އެއީ އޭނާ ހައްޔަރު ކުރުމުން ފުލުހުން ނަގާފައިވާ ފޮޓޯ އެކެވެ.
ޑިޖިޓަލް ޓްރެންޑްސް އަށް ދިން އިންޓަވިއުއެއްގައި ރޮބާޓޯ އެސްކޯބާ ބުނީ އެ ފޯނު ބިންދާ ނުލެވެނީ އެއީ ސެމްސަންގް ފަދައިން ބިއްލޫރި ސްކްރީނެއް އޭގައި ނެތުމުން ކަމަށެވެ.
އެ ފޯނުގެ ސްކްރީން ތައްޔާރުކޮށްފައި ވަނީ ހާއްސަ ޕްލާސްޓިކަކުން ކަމަށާއި، ނަމަވެސް ރިސޮލިއުޝަން ވަރަށް ވަރުގަދަ ވާނެ ކަމަށް އޭނާ ބުނެފައި ވެއެވެ.
އޭނާގެ އުއްމީދަކީ އެޕަލް ފަދަ ބޮޑެތި ކުންފުނިތައް ފަހަތަށް ޖައްސާލުން ކަމަށް ވެސް ރޮބާޓޯ ވަނީ ބުނެފަ އެވެ. އޭގެ އިތުރުން އަންނަ މަހު އެޕަލްއާ ދެކޮޅަށް ކޯޓަށް މައްސަލައެއް ވައްދާނެ ކަމަށް ވެސް ވަނީ ބުނެފަ އެވެ.