ads
ފަސިންޖަރުންނަށް ކޮވިޑް ޖެހިއްޖެނަމަ ސިއްހީ ހަރަދުތައް ކޮށްދޭނަން: އެމިރޭޓްސް
އެމިރޭޓްސްއިން ދަތުރުކުރާ ފަސިންޖަރުންނަށް ކޮވިޑް-19 ޖެހިއްޖެނަމަ ސިއްހީ ހަރަދުތައް ކޮށްދޭނެކަމަށް އެމިރޭޓްސްއިން ބުނެފިއެވެ.
Advertisement

މިކަމާއި ގުޅިގެން އެމިރޭޓްސްއިން ވަނީ ދަތުރުކުރާ ފަސިންޖަރުން ދަތުރުގެ މުއްދަތުގައި ކޮވިޑް ޖެހިއްޖެނަމަ ބައްޔަށް ފަރުވާދިނުމުގެ ސިއްހީ ހަރަދުތައް ކޮށްދޭ ފުރަތަމަ އެއާލައިން އަށް ވެފައެވެ.

އެ އެއާލައިން އިން ބުނީ ދަތުރުމަތީގައި ބަލި ޖެހުނު އެފަދަ ކަސްޓަމަރުންނަށް 150،000 ޔޫރޯއާއި ހަމައަށް ސިއްހީ ހަރަދު ކުރެވޭނެ ކަމަށެވެ. 

އެއެއާލައިންގެ ހުރިހާ ކަސްޓަމަރުންނަށް މިއަހަރު އޮކްޓޯބަރު މަހުގެ 31 ގެ ނިޔަލާއި ހަމައަށް މި ހިދުމަތް ދެވޭނެ ކަމަށް އެ އެއާލައިން އިން ފާހަގަކޮށްފައިވެ އެވެ. އަދި އެއީ ފަސިންޖަރުން ދަތުރުތައް ފަށުމާއި އެކު 31 ދުވަހުގެ ތެރޭގައި ކަމަށްވެސް އެ އެއާލައިން އިން މައުލޫމާތު ދެއެވެ. އެގޮތަށް ހަމަޖައްސާފައިވަނީ އެމިރޭޓްސްއިން ކުރި ދަތުރު ނިންމާފައި އެހެން ތަނަކަށް ދަތުރު ކުރި މީހުންނަށްވެސް މި ހިދުމަތް ލިބުމުގެ މަގު ފަހިކޮށްދިނުމަށް ކަމަށް އެމިރޭޓްސް އިން ބުނެއެވެ.

އެކަމާއި ގުޅިގެން ނެރުނު ނޫސް ބަޔާނެއްގައި އެމިރޭޓްސްގެ ގްރޫޕް ޗެއާމެން އަދި ޗީފް އެކްޒެކެޓިވް ކަމަށްވާ ޝޭހް އަހްމަދު ބިން ސައީދު އަލް މަކްތޫމް ވިދާޅުވީ ބަލި ޖެހުމުގެ ފުރުސަތު ކުޑަކުރުމަށް އެމިރޭޓްސްއިން ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅާފައިވާ ކަމެވެ. އަދި އެ އެއާލައިންގެ ކަސްޓަމަރުންނަށް ކޮވިޑް ޖެހިއްޖެނަމަ ބައްޔަށް ފަރުވާދިނުމުގެ ސިއްހީ ހަރަދުތައް ކޮށްދޭ ފުރަތަމަ އެއާލައިނަށް ވެފައިވާ ކަމަށްވެސް އޭނާ ވިދާޅުވެއެވެ.

ކޮވިޑް އާއި ގުޅިގެން ސިއްހީ ހިދުމަތުގެ އަގު ދޭ ފުރަތަމަ އެއާލައިންއަށް އެމިރޭޓްސް ވީނަމަވެސް މިއީ ޓޫރިޒަމްގެ ދާއިރާގައި ކޮވިޑްއާއި ގުޅިގެން ކަސްޓަމަރުންނަށް ފައިސާ ދިން ފުރަތަމަ ކުންފުންޔެއް ނޫނެވެ.

އެގޮތުން ސެންޓްރަލް އޭޝިއާގެ ގައުމެއް ކަމަށްވާ އުޒްބެކިސްތާނުން ވަނީ އެގައުމުގައި ދަތުރުފަތުރަށް ގޮސް އުޅޭ ފަތުރުވެރިންނަށް ކޮވިޑް ޖެހިއްޖެ ނަމަ ބަދަލުގެ ގޮތުގައި 3000 ޑޮލަރު ދިނުމަށް ނިންމާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް