ads
އެލްޖީއޭގެ ބޯޑު ބައްދަލުވުން
މާލެއަތޮޅު ދެ ކައުންސިލަރެއް ސަސްޕެންޑް ކޮށްފި
ހިޔާނާތުގެ މައްސަލައެއްގައި މާލެ އަތޮޅު ދެ ކައުންސިލަރެއް ސަސްޕެންޑްކޮށްފިއެވެ.

ފައިސާއަށް ހިޔާނަތްތެރިވެފައިވާތީ ލޯކަލްގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން ސަސްޕެންޑް ކޮށްފައިވަނީ މާލެ އަތޮޅު ކައުންސިލްގެ ނައިބް ރައީސް އަބްދުﷲ ވާރިސް އާއި ކައުންސިލް މެންބަރު މާޖިދު ސުލައިމާންއެވެ. އެލްޖީއޭއިން ބުނީ އެ ދެ ކައުންސިލަރުން ސަސްޕެންޑްކޮށްފައިވަނީ ތިން މަހަށް ކަމަށެވެ.

އެ ދެ ކައުންސދިލަރުން ސަސްޕެންޑްކޮށްފައިވާކަން ހާމަކޮށް އެލްޖީއޭގެ ސީއީސޯ އަފްޝަން ލަތީފް މާލެ އަތޮޅު ކައުންސިލްގެ ރައީސް އިބްރާހީމް ރައޫފަށް ފޮނުއްވި ސިޓީގައި ބުނެފައިވަނީ އޮޑިޓާ ޖެނެރަލްގެ އޮފީހުން ނެރުނު މާލެ އަތޮޅު ކައުންސިލްގެ އޮޑިޓް ރިޕޯޓުގައި ފާހަގަ ކޮށްފައިވާ ކަންކަމަށް ބަލާއިރު ކައުންސިލްގެ ނައިބު ރައީސް ވާރިސް އާއި މެމްބަރު މާޖިދު ސުލައިމާން ދައުލަތުގެ ފައިސާއަށް ހިޔާނާތްތެރިވެފައިވާ ކަން އިނގޭ ކަމަށެވެ.

އެހެންވީމާ އެ ދެ ކައުންސިލަރުން އަތޮޅު ކައުންސިލްގައި ތިބުމުގެ ފުރުސަތު ދޭންޖެހޭ ކަމަށް އެލްޖީއޭގެ ބޯޑަށްް ނުފެންނާތީ އެ ދެ ކައުންސިލަރުން މަގާމުން ސަސްޕެންޑު ކުރަން ނިންމާފައިވާ ކަމަށް ސިޓީގައި ބުނެފައިވެއެވެ.

އެ ދެ ކައުންސިލަރުން މިމަހުގެ 23 ވަނަ ދުވަހުން ފެށިގެން މުސާރައާއި އިނާޔަތް ނުލިބޭގޮތަށް ކުރިއަށް އޮތް ތިން މަސް ދުވަހަށް ސަސްޕެންޑް ކުރުމަށް އެލްޖީއޭގެ ބޯޑުން ނިންމާފައިވާ ކަމަށްވެސް ސިޓީގައި ބުނެފައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް