ads
ޑރ. ވަހީދު--
މިނިވަން ދުވަހުގެ ތަހުނިޔާ ރައީސް ވަހީދު ފޮނުއްވައިފި
ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ރާއްޖޭގެ ރައްޔިތުންނަށް މިނިވަން ދުވަހުގެ ތަހުނިޔާ ފޮނުއްވައިފި އެވެ.

ޖުލައި 26 ވަނަ ދުވަހު، މިނިވަން ދުވަހުގެ ގޮތުގައި ފާހަގަކުރަމުން އަންނައިރު މިރޭ ރައީސް ވަހީދު ވަނީ ދުވަހުގެ ތަހުނިޔާ ދިވެހި ރައްޔިތުންނަށް ފޮނުއްވާފަ އެވެ. 

އިނގިރޭސިންގެ ހިމާޔަތުގެ ދަށުން ދިވެހިރާއްޖެއަށް ފުރިހަމަ މިނިވަންކަން ލިބުނު އެގްރިމެންޓްގައި، 1965 ވަނަ އަހަރުގެ ޖުލައި މަހުގެ 26 ވަނަ އެވެ. އެހެންކަމުން މާދަމާއަކީ ރާއްޖޭގެ މިނިވަން ކަމަށް 55 އަހަރު ފުރޭ ދުވަހެވެ. 

ކުރީގެ ރައީސް، މުހައްމަދު ނަޝީދުގެ ނައިބް ރައީސްގެ ގޮތުގައި ހުންނެވި ވަހީދަށް ރައީސްކަން ލިބިވަޑައިގަތީ ރައީސް ނަޝީދު އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ. އެގޮތުން 2012 ވަނަ އަހަރުގެ ފެބްރުއަރީ ކުރީކޮޅުން ފެށިގެން 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބާ ހަމައަށް އެމަނިކުފާނު ވަނީ ރައީސްކަން ކުރައްވާފަ އެވެ.

އެޑިޓަރުގެ ނޯޓް:

މައުލޫމާތުގެ އޮޅުމެއްގެ ސަބަބުން މި ހަބަރު ވަނީ ރަނގަޅު ކުރެވިފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް