
ސްވިމިންގ އިވެންޓެއްގެ ތެރެއިން
ސްވިމިންގެ ރައީސަކަށް ތިންވަނަ ދައުރަކަށް ޗަމްޕީ
26 ޖުލައި 2020 - 18:21:04
ސްވިމިން އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސްކަމުގެ މަގާމަށް ތިން ވަނަ ދައުރަކަށް މުހައްމަދު އަބްދުއްސައްތާރު (ޗަމްޕީ) ހޮވިއްޖެ އެވެ.
ތިންވަނަ ދައުރަކަށް ޗަމްޕީ ހޮވުނީ ދެން އެ މަގާމަށް ވާދަކުރައްވަން ހުށަހެޅުއްވި ކެންޑިޑޭޓުގެ ކެންޑިޑެސީ އެސޯސިއޭޝަނުން ގަބޫލު ނުކުރުމުން، ހަމަ އެކަނި ފެންނަ ނުފެންނަ ވޯޓަކުންނެވެ.
ހުޅުމާލޭ ސްޕޯޓްސް ކޮމްޕްލެކްސްގައި ބޭއްވުނު ސްވިމިން އެސޯސިއޭޝަންގެ އިންތިހާބުގައި 63 ފަރާތަކުން ވަނީ ވޯޓުލައިފަ އެވެ. އެސޯސިއޭޝަންގެ ރައީސް ކަމަށް ޗަމްޕީ އިންތިހާބުވީ ފެންނަ ނުފެންނަ ވޯޓުގައި 48 ވޯޓާއެކުގަ އެވެ. ސްވިމިން އެސޯސިއޭޝަންގެ ނާއިބަކަށް ހޮވުނީ އިސްމާއިލް އަލީއެވެ. އޭނާއަކީ މިހާރުވެސް ނައިބު ރައީސްއެވެ.
ސްވިމިން އެސޯސިއޭޝަންގެ އިންތިހާބު މި ބޭއްވުނީ، ކޮވިޑާ ގުޅިގެން އެކި ފަހަރުގެ މަތިން އިންތިހާބު ފަސްކުރުމަށް ފަހުއެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް