ads
close
ރައްޔިތުންގެ ސީދާ ބާރުވެރިކަމަށް
ދައުލަތުގެ އޮނިގަނޑު ފުރޮޅާލުން
edheyraajje.mv #beynenmabeynun #edheyraajje
އެމްއާރްއެމްގެ އިންތިގާލީ ރައީސް މައުމޫން އަބްދުލް ގައްޔޫމް
ދީފައިވާ ލުއިތަކަށް ބަދަލު ގެންނަން ޖެހޭ ވަގުތު ޖެހިއްޖެ: އެމްއާރުއެމް
ކޮވިޑް-19 އިން ރައްކާތެރިވުމަށްޓަކައި އަޅާފައިވާ ފިޔަވަޅުތަކަށް ބަދަލު ގެންނަން ޖެހޭ ވަގުތު ޖެހިއްޖެ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ މޯލްޑިވްސް ރީފޯމް މޫވްމަންޓް (އެމްއާރްއެމް) އިން ބުނެފި އެވެ.
Advertisement

ރާއްޖޭގެ 55 ވަނަ މިނިވަން ދުވަހާ ގުޅިގެން އެމްއާރުއެމުން ނެރުނު ބަޔާނެއްގައި ބުނީ، ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވަމުންދާއިރު ސަރުކާރުން ދީފައިވާ ލުއިތަކަށް ބަދަލު ގެނެސް އެއަށް ވުރެހަރުދަނަ ފިޔަވަޅުތަކެއް އަޅަން ޖެހޭ ވަގުތެއް ކަމަށް ދެކޭ ކަމަށެވެ.

މިނިވަން ދުވަސް ބައްދަކުރިއިރު ރައްޔިތުން މިވަނީ މިނިވަން ކަމާއިއެކު އެއްރަށުން އަނެއްރަށަށް ދަތުރުކުރާނެ ގޮތެއް ނެތި، ދަތިތަކާއި ކުރިމަތިލާން ޖެހިފައި ކަމަށާއި މިހާލަތު ރަނގަޅު ކުރުމަށާއި ރައްޔިތުންނަށް ފަސޭހަ ގޮތްތައް ފަހިކޮށްދިނުމުގައި ދިވެހި ސަރުކާރުން ހަމަޖައްސާފައިވާ އިންތިޒާމުތައް މިހާރަށްވުރެ ހަރުދަނާ ކުރުން ޖެހޭ ކަމަށްވެސް ބުނެފަ އެވެ.

މީގެ ކުރިން ވެސް އެމްއާރުއެމުން ވަނީ ފިޔަވަޅުތައް ވަރުގަދަކުރުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ކިބައިން އެދިވަޑައިގެންފަ އެވެ. އެކަމާއި ގުޅިގެން އެމްއާރުއެމްއިން ރައީސް ސޯލިހަށް ފޮނުއްވި ސިޓީއެއްގައި ބުނީ ކޮވިޑް-19 ނުރައްކަލުން ރައްޔިތުން ސަލާމަތް ކުރެއްވުމަށްޓަކައި ސަރުކާރުން އަޅަމުންގެންދާ ފިޔަވަޅުތަކަކީ، އެ ޕާޓީން ޝުކުރުވެރި ކަމާއެކު ބަލައިގަންނަ ފިޔަވަޅު ތަކެއްކަމަށެވެ. 

ރާއްޖެ ފުރަބަންދުގައި އޮތުމަށްފަހު، މިހާރު ލުއިދީފައިވާއިރު އެއާއެކު މާލެ ސަރަހައްދުގައި މީހުން ބޭރަށް ނިކުމެ އުޅެން ޖެހޭ ގޮތުގެ ވަކި އުސޫލެއް އާންމުކޮށްފައިވާ ކަމަށާއި އެެގޮތުން ބޭރުގައި އުޅޭއިރު ގައިދުރުކަން ބެހެއްޓުމާއި މާސްކު އެޅުމާއި ސާފުތާހިރު ކަމަށް ބަލައިގެން އުޅުމަށް ހިމެނޭކަން ސިޓީގައި ފާހަގަކުރެ އެވެ. 

އެކަމަކު ފުރަބަންދު އުވާލުމާ އެކު ސަރުކާރުން ރައްޔިތުންނަށް ކޮށްފައިވާ އެ އިލްތިމާސްތައް ގިނަ ބަޔަކު އަޑު ނާހާއި ކަމަށާއި އެކަމަކު ސަބަބުން ބައްޔަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވެފައިވާކަމަށް ވަނީ ބުނެފަ އެވެ. 

އަދި އެގޮތަށް ކޭސްތައް އިތުރުވާނަމަ އަލުން ލޮކްޑައުންއަކަށް ދާންޖެހިދާނެތީ އެމްއާރުއެމުން ވަނީ އިތުރު ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް އެދިފަ އެވެ. އެގޮތުން ބޭރަށް ނުކުމެ އުޅޭއިރު ގައިދުރުކަން ބެހެއްޓުމާއި، މާސްކު އެޅުމަކީ މަޖުބޫރު ކަމެއްގެ ގޮތުގައި ހެދުމަށް ވަނީ އެދިފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް